މިޕާޓީގެ، ޤައުމީ ސެކެޓޭރިއަޓްއަށް ތިރީގައިވާ މަގާމަށް ބޭފުޅަކު ބޭނުންވެއްޖެއެވެ.
މެމްބަރޝިޕް އޮފިސަރ
ބޭނުންވާ އަދަދު: 1
ޒިންމާތައް:
ރެޖިސްޓްރާޖެނެރަލްގެ ބެލުމުގެ ދަށުން ޕާޓީގެ މެންބަރޝިޕް ބެލެހެއްޓުމާއި، ޕާޓީގެ ހުރިހާ މަޤާމުފުރާތަކަށް އިންތިޚާބުކޮށް ނުވަތަ އައްޔަނު ކޮށްފައިވާ މެންބަރުންގެ މައުލޫމާތު ބެލެހެއްޓުމާއި، އަދި ޕާޓީގެ ދާއިރާތަކާއި ގޮފިތަކުގެ މައުލޫމާތު ބެލެހެއްޓުން.
އިތުރު ޝަރުތާއި މައުލޫމާތު:
މިމަގާމަށް ކުރިމަތިލައްވާ ފަރާތަކީ ދަށްވެގެން އޭލެވެލް ފެންވަރު އަދި ކޮމްޕިއުޓަރު ސޮފްޓްވެއަރތަކަށް ފަރިތަ މީހަކު ކަމުގައި ވާންވާނެއެވެ.
މިމަޤާމަށް ހޮވުމުގައި ޕާޓީގެ މެންބަރުންނަށް އިސްކަން ދެވޭނެއެވެ.
މިމަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ބޭފުޅުން 4 މާރޗް 2010 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް، އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ)އަށް ސިޓީއާއި ވަނަވަރު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މައުލޫމާތު: ފޯން 3340044، ފެކްސް 3322960، އީމެލްއިލް: secretariat@mdp.org.mv
22 ފެބްރުއަރީ 2010