ޚާއްސަ ދެންނެވުން: އެމްޑީޕީ މާލޭ ސިޓީގެ ޕްރައިމަރީއާއި ބެހޭ

21 ނޮވެމްބަރ 2010

މާދަމާ (22 ނޮވެމްބަރ 2010 ވާ ހޯމަ ދުވަހު ) އެމްޑީޕީ ހަރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މާލޭ ސިޓީގެ އެމްޑީޕީ ޕްރައިމަރީގައި ވޯޓު ލެވޭނީ އެދާއިރާއަކަށް ނިސްބަތްވާ މެންބަރުންނަށް އެކަނިކަން ހަނދުމަފުޅުކޮށް އަރުވަމެވެ.
މާލޭ ސިޓީގެ ޕްރައިމަރީ އޮންނަ 7 ދާއިރާއަކީ ހުޅުހެންވޭރު ދާއިރާ، މެދު ހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާ، ގަލޮޅު އުތުރު ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާފަންނު ދެކުނު ދާއިރާ އަދި ވިލިމާފަންނު ދާއިރާއެވެ.
ވީމާ މިދާއިރާތަކުގެ ގޭގޭގެ ރަށްވެހިންގެ ގޮތުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނާއި މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ތިއްބެވި އެދާއިރާތަކަށް ނިސްބަތްވާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތްތަކަށް މާދަމާ އޮންނަ މާލޭ ސިޓީގެ ޕްރައިމަރީގައި ވޯޓެއް ނުލެވޭނެއެވެ.
އަދި މާދަމާ އޮންނަ ޕްރައިމަރީގައި މަތީގައި ދަންނަވާފައިވާ 7 ދާއިރާގެ ވީހާވެސް ގިނަ އެމްޑީޕީގެ މެންބަރުން ބައިވެރިވެ ވަޑައިގެން ވޯޓުދެއްވުމަކީ އެމްޑީޕީގެ ވަރަށް ބޮޑު އެދުމެކެވެ.