އިޢުލާން: ތިނަދޫ ދާއިރާގެ ބައި އިލެކްޝަން އާއި ބެހޭ

ނަމްބަރ: MDP-Q01/2010/08

އިޢުލާން

ލޯކަލް ކައުންސިލް އިންތިޚާބުގައި ގދ.އަތޮޅު ކައުންސިލަށް ކުރިމަތިލުމަށް ގދ.ތިނަދޫ ދާއިރާއިން އެމް.ޑީ.ޕީ ޓިކެޓް ބޭނުންވެގެން އެކަމަށްއެދި ހުށަހަޅާފައިވާ ފަރާތްތަކުގެތެރެއިން ޓިކެޓް ލިބޭނެ 2 ކެނޑިޑޭޓުން ހޮވުމަށްޓަކައި 19 ނޮވެމްބަރ 2010 ވީ ހުކުރުދުވަހު މާލެއާއި، ގދ.ތިނަދޫގައި ބޭއްވި ޕްރައިމަރީޒްގެ ނަތީޖާއިން 2 ވަނައަށް އެއްމެގިނަ ވޯޓުލިބިފައިވަނީ 2 ކެނޑިޑޭޓަކަށް އެއްވަރަކަށެވެ. ވުމާއެކު އެ 2 ކެނޑިޑޭޓުންގެ މެދުގައި ބައިއިލެކްޝަނެއް ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ.
މިއިންތިޚާބުގެ ވޯޓުލުން އޮންނާނީ މާދަމާ (22 ނޮވެމްބަރ 2010، ހޯމަ ދުވަހު) ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް މާލެއާއި ގދ.ތިނަދޫ ގައެވެ. ގދ.ތިނަދޫގައި ވޯޓުލާ މަރުކަޒަކީ ތިނަދޫ އާބާދީ މަރުކަޒެވެ. އަދި މާލޭގައި އެމް.ޑީ.ޕީ ހަރުގޭގައެވެ. މިއިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ކެމްޕޭން ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން މާދަމާ (22 ނޮވެމްބަރ 2010 ހޯމަދުވަހުގެ) ވޯޓްލުން ފެށޭގަޑިއާއި ހަމަޔަށް ހުޅުވާލެވިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މިއިންތިޚާބުގައި ވޯޓްލެވޭނީ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ލައިސަންސްކާޑު ހިފައިގެން އައުމުންނެވެ.
ތިރީގައިމިވަނީ މިއިންތިޚާބުގައި ވާދަކުރައްވާނޭ ކެނޑިޑޭޓުންނާއި އެފަރާތްތަކުގެ ކެނޑިޑޭޓް ނަންބަރު ތަކެވެ.

1 މުޙައްމަދު ނާސިޙު ރަޝީދު ރެޑްފިޝްއާގެ / ގދ.ތެނަދޫ
3 މުޙައްމަދު ޙަސަންދީދީ ހިންދޫސް / ގދ.ތެނަދޫ

ވީމާ، މިދާއިރާގައި ވޯޓުލުމުގެ ޙައްޤުލިބިގެންވާ އެމް.ޑީ.ޕީ ގެ އެއްމެހާ މެމްބަރުންނަށް މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
21 ނޮވެމްބަރ 2010 މ.

މުޙައްމަދު ޝަރީފް
(ދާއިރާގެ ރައީސްގެ ނައިބު)