ރައީސުލްޖުމްހޫރިއްޔާ، ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު މާލެ ވަޑައިގެންފި

president_nasheed

ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ރިޔާސީ އާދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު މިއަދު މެންދުރުފަހު މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ، މިދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު މާލެ މިވަޑައިގަތީ، އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީގެ ބައްޕަ މާފަންނު އޮމަދޫ ޢަލީ ޢަބްދުﷲ ރޭ މެންދަމުގެ ވަގުތެއްގައި އަވަހާރަވުމާ ގުޅިގެންނެވެ.

ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ، ދެވަނަ ދައުރަކަށް ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ކަމަށްވާތީ، ރައީސުލްޖުމްހޫރިއްޔާ މާލެ މި ވަޑައިގަތީ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހުގައެވެ.