އިޢުލާން: ލޯކަލްކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޓިކެޓަށް ވާދަކުރުމަށް އައްޑޫ ސިޓީގައި ބާއްވާ ދާއިރާތަކުގެ ޕްރައިމަރީއާއި ބެހޭ

އައްޑޫ ސިޓީގެ ދާއިރާތަކުގެ ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ ޓިކެޓުގައި މިއިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ އެދާއިރާތަކުގެ ޕްރައިމަރީސް 22 ނޮވެމްބަރ 2010 ވާ ހޯމަ ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މިހާތަނަށް ޕްރައިމަރީސް ބާއްވަން ހަމަޖައްސާފައިވާ ދާއިރާތައް ކަމަށްވާ، ހުޅުމީދޫ، މަރަދޫ، ހިތަދޫ އުތުރު، ހިތަދޫ މެދު އަދި ހިތަދޫ ދެކުނުދާއިރާއެވެ. މިއިންތިޚާބުގައި ވޯޓްލެވޭނީ 22 ނޮވެމްބަރ 2010ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި އެދާއިރާއެއްގެ ދަފްތަރުގައި ހިމެނޭ މެމްބަރުންނަށެވެ. ވޯޓުލުން އޮންނާނީ 22 ނޮވެމްބަރ 2010 ވާ ހޯމަ ދުވަހުގެ ހަވީރު 4.00 އިން ރޭގަނޑު 10.00 އަށެވެ.
މިޕްރައިމަރީޒްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަޢުލޫމާތުތައް ތިރީގައި މިދަންނަވަނީއެވެ.

ހިތަދޫ އުތުރު

1. ޢަބްދުﷲ ޞާދިޤް (ސޯބެ) ކައުސަރު ހިތަދޫ
2. އާމިނަތު ނަޝީދާ ޗަމަރުބްލޫ ހިތަދޫ
3. ހުސައިން ފައިސަލް ފަހުމީ ފޮނިމާގެ ހިތަދޫ

ހިތަދޫ މެދު

1. ހުސައިން ހިލްމީ ނާޒް ހިތަދޫ
2. ޢައިޝަތު ޝީރީން ޞަބާހީމަންޒިލް ހިތަދޫ
3. އިބްރާހީމް ޝިނާޒް ލިލީވިލާ ހިތަދޫ
4. މުޙައްމަދު ހުސައިން ޖަންބުމާގެ ހިތަދޫ
5. އަޙުމަދު ޝަރީފް މެރިންގޯލްޑް ހިތަދޫ

ހިތަދޫ ދެކުނު

1. ޙުސައިން ފަހުމީ މާބަގީޗާގެ ހިތަދޫ
2. އިބްރާހީމް ހުސައިން ދުންނިކަގެ ހިތަދޫ
3. ހުސައިން ޒަރީރު ކައްބާބުގެ ހިތަދޫ
4. ޙަސަން ކާމިލް ލިވަރޕޫލް ހިތަދޫ
5. އިބްރާހީމް ޒަރީރު ޝާން ހިތަދޫ
6. އަޙުމަދު ނިޒާމް ނައިލޯނުގެ ހިތަދޫ

މަރަދޫ ދާއިރާ

1. ހަސަން ޝާފިއު ބްލޫވިންގ މަރަދޫ
2. ހަސަން ލަބީގު ސްޓޯރބަރީގެ މަރަދޫ
3. ޢަބްދުﷲ ތައްޔިބު ހަޒާރުގެ މަރަދޫ
4. އަހުމަދު އާސިފް ބީޗްރެސްޓް މަރަދޫފޭދޫ
5. ޙަސަން މުޒައްމިލް ސައުތުބީޗް މަރަދޫ

ހުޅުމީދޫ

1. އިބްރާހީމް ދީދީ ކަޅޮމަތިގެ ހުޅުދޫ
2. ޙަސަން ޝާހިދު ކަށިމާވިލާ މީދޫ

15 ނޮވެމްބަރ 2010