އިޢުލާން: ލޯކަލްކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޓިކެޓަށް ވާދަކުރުމަށް ގދ.ފަރެސްމާތޮޑާ ދާއިރާގައި ބާއްވާ ޕްރައިމަރީއާއި ބެހޭ

MDP/2010-051

މަތި ދެކުނު ޕްރޮވިންސްގެ ގދ.ފަރެސްމާތޮޑާ ދާއިރާގެ ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ ޓިކެޓުގައި މިއިންތިޚާބުގައި ވާދަކުރައްވާ 2 ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީސް 19 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހު މާލެ އާއި ގދ.ފަރެސްމާތޮޑާ ދާއިރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއިންތިޚާބުގައި ވޯޓްލެވޭނީ 19 ނޮވެމްބަރ 2010ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ގދ.ފަރެސްމާތޮޑާ، ގދ.ފިޔޯރީ އަދި ގދ. ރަތަފަންދޫގެ މެމްބަރުންނަށެވެ. މި އިންތިޚާބުގައި ވޯޓުލުން އޮންނާނީ މާލޭގައި ހުންނަ އެމްޑީޕީ ހަރުގޭގައާއި ގދ.ފަރެސްމާތޮޑާގެ މާތޮޑާ އަވަށު އެމްޑީޕީ ހަރުގެ، ފިޔޯރީ އެމްޑީޕީ ހަރުގެ އަދި ރަތަފަންދޫ އަންހެނުންގެ މަރުކަޒުގައެވެ. ވޯޓުލުން އޮންނާނީ 19 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2.00 އިން އިރުއޮއްސި 7:00 އަށެވެ.
ވީމާ، މިއިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމުގެ ފުރުޞަތު މިއަދު، 12 ނޮވެމްބަރ 2010 ން ފެށިގެން 18 ނޮވެމްބަރ 2010 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 6.00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ހުރިހާ ކެންޑިޑޭޓުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މިޕްރައިމަރީޒްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަޢުލޫމާތުތައް ކެންޑިޑޭޓް ނަންބަރު ތަރުތީބުން ތިރީގައި މިދަންނަވަނީއެވެ.

1. އަލްފާޟިލް ޖާދުﷲ އަހުމަދު ކަރަންކާގެ ގދ.ރަތަފަންދޫ
2. އަލްފާޟިލާ އާސިޔަތު ނަޖީބް ގުލްޒާރުގެ ގދ.ރަތަފަންދޫ

3. އަލްފާޟިލް އަޙުމަދު ޝަފީޤް ވެށި ގދ.ފަރެސްމާތޮޑާ

2 ޛުލްޙައްޖާ 1423
13 ނޮވެމްބަރ 2010

– އިންތިޚާބާއި ބެހޭ ކޮމިޓީ –