މަތި ދެކުނު ޕްރޮވިންސްގެ ގދ.ފަރެސްމާތޮޑާ ރަށު ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ ޓިކެޓުގައި މިއިންތިޚާބުގައި ވާދަކުރައްވާ 5 ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީސް 19 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހު މާލެ އާއި ގދ.ފަރެސްމާތޮޑާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއިންތިޚާބުގައި ވޯޓްލެވޭނީ 19 ނޮވެމްބަރ 2010ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ގދ.ފަރެސްމާތޮޑާގެ މެމްބަރުންނަށެވެ. މި އިންތިޚާބުގައި ވޯޓުލުން އޮންނާނީ މާލޭގައި ހުންނަ އެމްޑީޕީ ހަރުގޭގައާއި ގދ.ފަރެސްމާތޮޑާގެ މާތޮޑާ އަވަށު އެމްޑީޕީ ހަރުގޭގަގައެވެ. ވޯޓުލުން އޮންނާނީ 19 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2.00 އިން އިރުއޮއްސި 7:00 އަށެވެ.
ވީމާ، މިއިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމުގެ ފުރުޞަތު މިއަދު، 12 ނޮވެމްބަރ 2010 ން ފެށިގެން 18 ނޮވެމްބަރ 2010 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 6.00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ހުރިހާ ކެންޑިޑޭޓުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މިޕްރައިމަރީޒްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަޢުލޫމާތުތައް ކެންޑިޑޭޓް ނަންބަރު ތަރުތީބުން ތިރީގައި މިދަންނަވަނީއެވެ.
1. އަލްފާޟިލް ފައިސަލް އާދަމް ރޯޒް ގދ.ފަރެސްމާތޮޑާ
2. އަލްފާޟިލް މުހައްމަދު ސައުދު މީނާޒް ގދ.ފަރެސްމާތޮޑާ
3. އަލްފާޟިލް މުޙައްމަދު ޝާކިރު އޭޕްރީލްގެ ގދ.ފަރެސްމާތޮޑާ
4. އަލްފާޟިލާ އަޒްމާ ޢަބްދުﷲ މޯރނިންގހައުސް ގދ.ފަރެސްމާތޮޑާ
5. އަލްފާޟިލް މުހައްމަދު ޖާއިޒް އޭޕްރީލްގެ ގދ.ފަރެސްމާތޮޑާ
6. އަލްފާޟިލް ޞޯލިޙް އަބޫބަކުރު ޒަމާނީވިލާ ގދ.ފަރެސްމާތޮޑާ
7. އަލްފާޟިލް މުޙައްމަދު ވަހީދު ވައިމަތީގެ ގދ.ފަރެސްމާތޮޑާ
8. އަލްފާޟިލް އަޙުމަދު އިމްތިޔާޒް ގާރޑެންވިލާ ގދ.ފަރެސްމާތޮޑާ
9. އަލްފާޟިލް މުޙައްމަދު މުއުތަސިމް ޑޭޒީވިލާ ގދ.ފަރެސްމާތޮޑާ
2 ޛުލްޙައްޖާ 1423
13 ނޮވެމްބަރ 2010
– އިންތިޚާބާއި ބެހޭ ކޮމިޓީ –