މަތި ދެކުނު ޕްރޮވިންސްގެ ގދ.ގައްދޫ ރަށު ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ ޓިކެޓުގައި މިއިންތިޚާބުގައި ވާދަކުރައްވާ 5 ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީސް 19 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހު މާލެ އާއި ގދ.ގައްދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއިންތިޚާބުގައި ވޯޓްލެވޭނީ 19 ނޮވެމްބަރ 2010ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ގދ.ގައްދޫގެ މެމްބަރުންނަށެވެ. މި އިންތިޚާބުގައި ވޯޓުލުން އޮންނާނީ މާލޭގައި ހުންނަ އެމްޑީޕީ ހަރުގޭގައާއި ގދ.ގައްދޫ ގައެވެ. ވޯޓުލުން އޮންނާނީ 19 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2.00 އިން އިރުއޮއްސި 7:00 އަށެވެ.
ވީމާ، މިއިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމުގެ ފުރުޞަތު މިއަދު، 12 ނޮވެމްބަރ 2010 ން ފެށިގެން 18 ނޮވެމްބަރ 2010 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 6.00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ހުރިހާ ކެންޑިޑޭޓުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މިޕްރައިމަރީޒްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަޢުލޫމާތުތައް ކެންޑިޑޭޓް ނަންބަރު ތަރުތީބުން ތިރީގައި މިދަންނަވަނީއެވެ.
1. އަލްފާޟިލް އަޙުމަދު ނަސީރު ފުނަމާގެ ގދ.ގައްދޫ
2. އަލްފާޟިލް ޢަބްދުﷲ މުފީދު ވައިލެޓްވިލާ ގދ.ގައްދޫ
3. އަލްފާޟިލާ އާމިނަތު ފަރުޒީނާ ސަވޭރީ ގދ.ގައްދޫ
4. އަލްފާޟިލް ޒާހިރު އުސްމާން ނަދުވާ ގދ.ގައްދޫ
5. އަލްފާޟިލް ޖިހާދު އަބްދުﷲ ބުލްބުލާގެ ގދ.ގައްދޫ
6. އަލްފާޟިލް އަލީ ރަޝީދު މުޙައްމަދު އިރަމާގެ ގދ.ގައްދޫ
7. އަލްފާޟިލް މުޙައްމަދު ނަޒީމް އަލީ ބާޑީ ހައުސް ގދ.ގައްދޫ
8. އަލްފާޟިލް މުހައްމަދު ޝަހީދު ކަފިދޫގެ ގދ.ގައްދޫ
9. އަލްފާޟިލް މުޙައްމަދު ނަސީމް ދަފްތަރު 4810 މާލެ
10. އަލްފާޟިލް ރާޝިދު މުޙައްމަދު ނާލިސް ގދ.ގައްދޫ
1 ޛުލްޙައްޖާ 1423
12 ނޮވެމްބަރ 2010
– އިންތިޚާބާއި ބެހޭ ކޮމިޓީ –