މަތި ދެކުނު ޕްރޮވިންސްގެ ގދ.ހޯނޑެއްދޫ ރަށު ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ ޓިކެޓުގައި މިއިންތިޚާބުގައި ވާދަކުރައްވާ 5 ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީސް 22 ނޮވެމްބަރ 2010 ވާ ހޯމަ ދުވަހު މާލެ އާއި ގދ.ހޯނޑެއްދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއިންތިޚާބުގައި ވޯޓްލެވޭނީ 22 ނޮވެމްބަރ 2010ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި އެމްޑީޕީ ގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ގދ.ހޯނޑެއްދޫ މެމްބަރުންނަށެވެ. މި އިންތިޚާބުގެ ވޯޓުލުން އޮންނާނީ މާލޭ އެމްޑީޕީ ހަރުގޭގައާއި ގދ.ހޯނޑެއްދޫ ގައެވެ. ވޯޓުލުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ 22 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2.00 އިން އިރުއޮއްސި 7:00 އަށެވެ.
ވީމާ، މިއިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމުގެ ފުރުޞަތު މިއަދު 11 ނޮވެމްބަރ 2010 ން ފެށިގެން 21 ނޮވެމްބަރ 2010 ވާ އާދީއްތަ ދުވަހުގެ ހަވީރު 6.00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ހުރިހާ ކެންޑިޑޭޓުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މިޕްރައިމަރީޒްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަޢުލޫމާތުތައް ކެންޑިޑޭޓް ނަންބަރު ތަރުތީބުން ތިރީގައި މިދަންނަވަނީއެވެ.
1. އަލްފާޟިލް ރިފްޝާން އަޙުމަދު ސައީދު ވިކްޓްރީ ގދ.ހޯނޑެއްދޫ
2. އަލްފާޟިލް މުއާޒް މުޙައްމަދު ޖޭމުގަސްދޮށުގެ ގދ.ހޯނޑެއްދޫ
3. އަލްފާޟިލް މުޙައްމަދު ޝިރާން ގްރީންލައިޓް ގދ.ހޯނޑެއްދޫ
4. އަލްފާޟިލް މުހައްމަދު ހަމީދު ހުޅަނގުގެ ގދ.ހޯނޑެއްދޫ
5. އަލްފާޟިލް އަޙުމަދު އާދަމް ފޫޅުމާގެ ގދ.ހޯނޑެއްދޫ
6. އަލްފާޟިލް ޝައްމޫން އާދަމް ދިލްކަޝްވިލާ ގދ.ހޯނޑެއްދޫ
7. އަލްފާޟިލް އިނާޔަތު އަމީން ހުދުވިލާގެ ގދ.ހޯނޑެއްދޫ
8. އަލްފާޟިލް މުޙައްމަދު އަޔާޒް އޯޝަންހާރުގެ ގދ.ހޯނޑެއްދޫ
9. އަލްފާޟިލާ ފާތުމަތު ޝީރީން ކެޔޮގަސްދޮށުގެ ގދ.ހޯނޑެއްދޫ
10. އަލްފާޟިލް މުޙައްމަދު މައުރޫފް ވިނަ ގދ.ހޯނޑެއްދޫ
30 ޛުލްޤައިދާ 1423
11 ނޮވެމްބަރ 2010
-އިންތިހާބާއިބެހޭ ކޮމިޓީ–