MDP/2010-046
މަތި އުތުރު ޕްރޮވިންސްގެ ހއ.ކެލާ ރަށު ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ ޓިކެޓުގައި މިއިންތިޚާބުގައި ވާދަކުރައްވާ 5 ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީސް 12 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހު މާލެ އާއި ހއ.ކެލާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއިންތިޚާބުގައި ވޯޓްލެވޭނީ 12 ނޮވެމްބަރ 2010ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި އެމް. ޑީ. ޕީ. ގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ހއ.ކެލާގެ މެމްބަރުންނަށެވެ. މި އިންތިޚާބުގައި ވޯޓުލުން އޮންނާނީ މާލެއާއި ހއ.ކެލާގައެވެ. މި އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ 12 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2.00 އިން އިރުއޮއްސި 7:00 އަށެވެ.
ވީމާ، މިއިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމުގެ ފުރުޞަތު މިއަދު 10 ނޮވެމްބަރ 2010 ން ފެށިގެން 11 ނޮވެމްބަރ 2010 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 6.00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ހުރިހާ ކެންޑިޑޭޓުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މިޕްރައިމަރީޒްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަޢުލޫމާތުތައް ކެންޑިޑޭޓް ނަންބަރު ތަރުތީބުން ތިރީގައި މިދަންނަވަނީއެވެ.
1. އަލްފާޟިލް އަލީ ޤާސިމް ހީނާމާގެ ހއ.ކެލާ
2. އަލްފާޟިލް ޙަސަން މަމްދޫޙް އަސްދޫ ހއ.ކެލާ
3. އަލްފާޟިލް އަބްދުﷲ ޚަލީލް ޝަބްނަމްގެ ހއ.ކެލާ
4. އަލްފާޟިލް ޢަބްދުﷲ ޒުބައިރު ރޭއަލިވާގެ ހއ.ކެލާ
5. އަލްފާޟިލް އަލީ ޝަރީފް ޗަމަން ހއ.ކެލާ
6. އަލްފާޟިލާ ހައުލަތު މާހިރާ ދިއްގާމާގެ ހއ.ކެލާ
29 ޛުލްޤައިދާ 1423
10 ނޮވެމްބަރ 2010
– އިންތިޚާބާއި ބެހޭ ކޮމިޓީ –