MDP/2010-045
ލޯކަލްކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޓިކެޓަށް ވާދަކުރުމަށް ހދ.ކުޅުދުއްފުށީގައި ދާއިރާގައި ބާއްވާ ޕްރައިމަރީއާއި ބެހޭ
މަތި އުތުރު ޕްރޮވިންސްގެ ހދ.ކުޅުދުއްފުށީ ރަށު ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ ޓިކެޓުގައި މިއިންތިޚާބުގައި ވާދަކުރައްވާ 7 ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީސް 19 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހު މާލެ އާއި ހދ.ކުޅުދުއްފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއިންތިޚާބުގައި ވޯޓްލެވޭނީ 19 ނޮވެމްބަރ 2010ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ހދ.ކުޅުދުއްފުށީގެ މެމްބަރުންނަށެވެ. މި އިންތިޚާބުގައި ވޯޓުލުން އޮންނާނީ މާލޭގައި ހުންނަ އެމްޑީޕީ ހަރުގޭގައާއި ހދ.ކުޅުދުއްފުށީގައި ހުންނަ އަމީރު އަޙްމަދު ސްކޫލްގައެވެ. މި އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ 19 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2.00 އިން އިރުއޮއްސި 7:00 އަށެވެ.
ވީމާ، މިއިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމުގެ ފުރުޞަތު މިއަދު، 10 ނޮވެމްބަރ 2010 ން ފެށިގެން 18 ނޮވެމްބަރ 2010 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 6.00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ހުރިހާ ކެންޑިޑޭޓުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މިޕްރައިމަރީޒްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަޢުލޫމާތުތައް ކެންޑިޑޭޓް ނަންބަރު ތަރުތީބުން ތިރީގައި މިދަންނަވަނީއެވެ.
1. އަލްފާޟިލް އިބްރާހީމް ރަމީޒް ޔޫރަޕް ހދ.ކުޅުދުއްފުށި
2. އަލްފާޟިލް އިބްރާހީމް މޫސާ ސާމިޔާމަންޒިލް ހދ.ކުޅުދުއްފުށި
3. އަލްފާޟިލް މުޙައްމަދު އިމްތިޔާޒް ނައިސްވޭ ހދ.ކުޅުދުއްފުށި
4. އަލްފާޟިލް އަލީ ހަސަން ހެލެބެލިމާގެ ހދ.ކުޅުދުއްފުށި
5. އަލްފާޟިލް ފާރޫޤް މުޙައްމަދު މާދޫގެ ހދ.ކުޅުދުއްފުށި
6. އަލްފާޟިލް އަޙުމަދު އަލީ ދަނބުގެ ހދ.ކުޅުދުއްފުށި
7. އަލްފާޟިލް ޢަބްދުއްސަލާމް އާދަމް މެޑަލްމާގެ ހދ.ކުޅުދުއްފުށި
8. އަލްފާޟިލާ އައިޝަތު މުޙައްމަދު މަލަކާ ހދ.ކުޅުދުއްފުށި
9. އަލްފާޟިލް އަޝްރަފް މޫސާ ލޭކްސައިޑް ހދ.ކުޅުދުއްފުށި
10. އަލްފާޟިލް އަލީ އާދަމް ތޯތާއާގެ ހދ.ކުޅުދުއްފުށި
11. އަލްފާޟިލް އައްބާސް އަލީ ސީޒަން ހދ.ކުޅުދުއްފުށި
12. އަލްފާޟިލް ޖަމްޝީދު މުޙައްމަދު ނޫރާނީމާގެ ހދ.ކުޅުދުއްފުށި
13. އަލްފާޟިލް އަބްދުއްޝުކޫރު އަޙުމަދު ކުރިނަންފިލާގެ ހދ.ކުޅުދުއްފުށި
14. އަލްފާޟިލް މުޙައްމަދު ނަދީމް ނީޑްހައުސް ހދ.ކުޅުދުއްފުށި
15. އަލްފާޟިލް މުޙައްމަދު މޫސާ ރަބަރުމާގެ ހދ.ކުޅުދުއްފުށި
16. އަލްފާޟިލް މުޙައްމަދު އަލީ ހިޔާވަހި ހދ.ކުޅުދުއްފުށި
29 ޛުލްޤައިދާ 1423
10 ނޮވެމްބަރ 2010
– އިންތިޚާބާއި ބެހޭ ކޮމިޓީ –