MDP/2010-044
މަތިދެކުނު ޕްރޮވިންސްގެ ގދ.އަތޮޅު ކައުންސިލަށް ކުރިމަތިލުމަށް ގދ.ތިނަދޫ ދާއިރާއިން އެމް.ޑީ.ޕީ ޓިކެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެތެރެއިން ޓިކެޓް ލިބޭނޭ 2 ކެނޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީޒް 19 ނޮވެމްބަރ 2010 ވާ ހުކުރުދުވަހު މާލެއާއި، ގދ.ތިނަދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއިންތިހާބުގައި ވޯޓްލެވޭނީ އެންމެލަސްވެގެން 17 ނޮވެމްބަރ 2010 ގެނިޔަލަށް އިލެކްޝަންސް ކޮމިޝަނުގައި އެމްޑިޕީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ގދ.ތިނަދޫ ދާއިރާގެ މެމްބަރުންނަށެވެ. މިއިންތިޚާބުގެ ވޯޓްލުން އޮންނާނީ މާލޭގައި އެމް.ޑީ.ޕީ ހަރުގޭގައާއި، ގދ.ތިނަދޫގައި ހުންނަ އެމް.ޑީ.ޕީ އޮފީހުގައެވެ. ވޯޓުލުން އޮންނާނީ 19 ނޮވެމްބަރ 2010 ވާ ހުކުރުދުވަހުގެ މެންދުރުފަހު 14:00 އިން ރޭގަނޑު 19:00 އަށެވެ.
ތިރީގައިމިވަނީ މިއިންތިޚާބުގައި ވާދަކުރައްވާނޭ ކެނޑިޑޭޓުންނާއި އެފަރާތްތަކުގެ ކެނޑިޑޭޓް ނަންބަރު ތަކެވެ.
1. މުޙައްމަދު ނާސިޙު ރަޝީދު ރެޑްފިޝްއާގެ / ގދ.ތިނަދޫ
2. އަޙުމަދު ޤައިސް ސަނީޑޭލް / ގދ.ތިނަދޫ
3. މުޙައްމަދު ޙަސަންދީދީ ހިންދޫސް / ގދ.ތިނަދޫ
4. މުހައްމަދު ޟިރާރު ޖައްވު / ގދ.ތިނަދޫ
ވީމާ، މިއިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ކެމްޕޭން ކުރުމުގެ ފުރުސަތު 8 ނޮވެންބަރ 2010 އިންފެށިގެން 19 ނޮވެންބަރ 2010 ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ މިޕުރައިމަރީޒްގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
އަދި މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
28 ޛުލްޤައިދާ 1423
09 ނޮވެމްބަރ 2010
– އިންތިޚާބާއި ބެހޭ ކޮމިޓީ –