MDP/2010-042
މަތި އުތުރު ޕްރޮވިންސްގެ ހދ.ވައިކަރަދޫ ރަށު ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ ޓިކެޓުގައި މިއިންތިޚާބުގައި ވާދަކުރައްވާ 5 ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީސް 19 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހު މާލެ އާއި ހދ.ވައިކަރަދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއިންތިޚާބުގައި ވޯޓްލެވޭނީ 19 ނޮވެމްބަރ 2010ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ހދ.ވައިކަރަދޫ މެމްބަރުންނަށެވެ. މި އިންތިޚާބުގެ ވޯޓުލުން އޮންނާނީ މާލޭގައި ހުންނަ އެމްޑީޕީ ހަރުގޭގައާއި ހދ.ވައިކަރަދޫ ރަށްވެހިގޭގައެވެ. ވޯޓުލުމަށް ހަމަޖެހިފައިވަނީ 19 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2.00 އިން އިރުއޮއްސި 7:00 އަށެވެ.
ވީމާ، މިއިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމުގެ ފުރުޞަތު މިއަދު، 9 ނޮވެމްބަރ 2010 ން ފެށިގެން 18 ނޮވެމްބަރ 2010 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 6.00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ހުރިހާ ކެންޑިޑޭޓުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މިޕްރައިމަރީޒްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަޢުލޫމާތުތައް ކެންޑިޑޭޓް ނަންބަރު ތަރުތީބުން ތިރީގައި މިދަންނަވަނީއެވެ.
1. އަލްފާޟިލް ޢަބްދުﷲ ނިޝާން (ބެންޖޯ) ރީތި ހދ.ވައިކަރަދޫ
2. އަލްފާޟިލް އާދަމް ޝާހިދު (ބެރޭ) މ.ތ.އ ދަފްތަރު 7661 ކ.މާލެ
3. އަލްފާޟިލް ޢަބްދުﷲ އަޝްރަފް (ޖައްރޭ) ރޯޒް ހދ.ވައިކަރަދޫ
4. އަލްފާޟިލް އަލީ އާމިރު ހޭޅި ހދ.ވައިކަރަދޫ
5. އަލްފާޟިލް އަހުމަދު ވަހީދު (ސީވީޑް) ސީވީޑް ހދ.ވައިކަރަދޫ
6. އަލްފާޟިލް ޢަބްދުﷲ ޝަރީފް ޕެނަމާގެ ހދ.ވައިކަރަދޫ
28 ޛުލްޤައިދާ 1423
09 ނޮވެމްބަރ 2010
– އިންތިޚާބާއި ބެހޭ ކޮމިޓީ –