MDP/2010-041
މަތި އުތުރު ޕްރޮވިންސްގެ ހދ.ކުރިނބީ ރަށު ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ ޓިކެޓުގައި މިއިންތިޚާބުގައި ވާދަކުރައްވާ 5 ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީސް 19 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހު މާލެ އާއި ހދ.ކުރިނބީ ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއިންތިޚާބުގައި ވޯޓްލެވޭނީ 19 ނޮވެމްބަރ 2010ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ހދ.ކުރިނބީ މެމްބަރުންނަށެވެ. މި އިންތިޚާބުގައި ވޯޓުލުން އޮންނާނީ މާލޭގައި ހުންނަ އެމްޑީޕީ ހަރުގޭގައާއި ހދ.ކުރިނބީ ގަސްދޮށުގޭގައެވެ. މި އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ 19 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2.00 އިން އިރުއޮއްސި 7:00 އަށެވެ.
ވީމާ، މިއިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމުގެ ފުރުޞަތު މިއަދު، 9 ނޮވެމްބަރ 2010 ން ފެށިގެން 18 ނޮވެމްބަރ 2010 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 6.00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ހުރިހާ ކެންޑިޑޭޓުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މިޕްރައިމަރީޒްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަޢުލޫމާތުތައް ތިރީގައި މިދަންނަވަނީއެވެ.
1. އަލްފާޟިލް މުޙައްމަދު ސިޔާހު ބަގީޗާގެ ހދ.ކުރިނބީ
2. އަލްފާޟިލް އަލީ ރިޒާ މުޙައްމަދު ހީނާމާގެ ހދ.ކުރިނބީ
3. އަލްފާޟިލް އަލީ އަހުމަދު ސަވޭރާ ހދ.ކުރިނބީ
4. އަލްފާޟިލް ޢަބްދުއްރަހުމާން އިބްރާހީމް ޖަވާހިރުމާގެ ހދ.ކުރިނބީ
5. އަލްފާޟިލް ޢަބްދުﷲ އަބޫބަކުރު އަސްރަފީގެ ހދ.ކުރިނބީ
6. އަލްފާޟިލް ޢަބްދުލް ފައްތާޙް އަބޫބަކުރު ސައުތުލައިޓް ހދ.ކުރިނބީ
7. އަލްފާޟިލް އިބްރާހީމް މާޖިދު ނޫރާނިވިލާ ހދ.ކުރިނބީ
8. އަލްފާޟިލް ޢަބްދުލްވާހިދު އިބްރާހީމް ބޮޑުގެ ހދ.ކުރިނބީ
9. އަލްފާޟިލް މުހައްމަދު އަފްސަލް ގުމްރީގެ ހދ.ކުރިނބީ
28 ޛުލްޤައިދާ 1423
09 ނޮވެމްބަރ 2010
– އިންތިޚާބާއި ބެހޭ ކޮމިޓީ –