އިޢުލާން: ލޯކަލްކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޓިކެޓަށް ވާދަކުރުމަށް ހދ.ނެއްލައިދޫގައި ބާއްވާ ޕްރައިމަރީއާއި ބެހޭ

MDP/2010-040

މަތިއުތުރު ޕްރޮވިންސްގެ ހދ.ނެއްލައިދޫ ރަށު ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ ޓިކެޓުގައި މިއިންތިޚާބުގައި ވާދަކުރައްވާ 5 ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީސް 19 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހު މާލެ އާއި ހދ.ނެއްލައިދޫ ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއިންތިޚާބުގައި ވޯޓްލެވޭނީ 19 ނޮވެމްބަރ 2010ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ހދ.ނެއްލައިދޫގެ މެމްބަރުންނަށެވެ. މި އިންތިޚާބުގައި ވޯޓުލުން އޮންނާނީ މާލޭގައި ހުންނަ އެމްޑީޕީ ހަރުގޭގައާއި ހދ.ނެއްލައިދޫ އެމްޑީޕީ ހަރުގޭގައެވެ. މި އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ 19 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2.00 އިން އިރުއޮއްސި 7:00 އަށެވެ.
ވީމާ، މިއިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމުގެ ފުރުޞަތު މިއަދު، 9 ނޮވެމްބަރ 2010 ން ފެށިގެން 18 ނޮވެމްބަރ 2010 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 6.00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ހުރިހާ ކެންޑިޑޭޓުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މިޕްރައިމަރީޒްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަޢުލޫމާތުތައް ތިރީގައި މިދަންނަވަނީއެވެ.

1. އަލްފާޟިލް މުޙައްމަދު ވަސީމް ރޯޒަރީ ހދ.ނެއްލައިދޫ
2. އަލްފާޟިލް މުހައްމަދު ވާފިރު ކަގި ހދ.ނެއްލައިދޫ

3. އަލްފާޟިލް އަލީ ނާޒިމް ރެޑްސްޓާރ ހދ.ނެއްލައިދޫ
4. އަލްފާޟިލް މުޙައްމަދު ރަޝީދު ނަލަހިޔާގެ ހދ.ނެއްލައިދޫ
5. އަލްފާޟިލް ރިޟްވާން ޝަރީފް އަސަރީމާގެ ހދ.ނެއްލައިދޫ
6. އަލްފާޟިލް މުޙައްމަދު އިބްރާހީމް ހީރޯ ހދ.ނެއްލައިދޫ