MDP/2010-038
އުތުރު ޕްރޮވިންސްގެ ބ.ގޮއިދޫ ރަށު ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ ޓިކެޓުގައި މިއިންތިޚާބުގައި ވާދަކުރައްވާ 5 ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީސް 19 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހު މާލެ އާއި ބ.ގޮއިދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއިންތިޚާބުގައި ވޯޓްލެވޭނީ 19 ނޮވެމްބަރ 2010ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ބ.ގޮއިދޫގެ މެމްބަރުންނަށެވެ. މި އިންތިޚާބުގައި ވޯޓުލުން އޮންނާނީ މާލޭގައި ހުންނަ އެމްޑީޕީ ހަރުގޭގައާއި ބ.ގޮއިދޫ ސްކޫލުގައެވެ. މި އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ 19 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2.00 އިން އިރުއޮއްސި 7:00 އަށެވެ.
ވީމާ، މިއިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމުގެ ފުރުޞަތު މިއަދު، 7 ނޮވެމްބަރ 2010 ން ފެށިގެން 18 ނޮވެމްބަރ 2010 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 6.00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ހުރިހާ ކެންޑިޑޭޓުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މިޕްރައިމަރީޒްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަޢުލޫމާތުތައް ކެންޑިޑޭޓް ނަންބަރު ތަރުތީބުން ތިރީގައި މިދަންނަވަނީއެވެ.
1. އަލްފާޟިލް މުޙައްމަދު އަކްރަމް ގޯލްޑްހައުސް ބ.ގޮއިދޫ
2. އަލްފާޟިލް އިބްރާހީމް ނާޒިމް ނޫރާނީގެ ބ.ގޮއިދޫ
3. އަލްފާޟިލާ އައިޝަތު ޝިފާހާ މާރަނގާލި ބ.ގޮއިދޫ
4. އަލްފާޟިލް މުޙައްމަދު ޝިޔާން ޝާރާޒް ބ.ގޮއިދޫ
5. އަލްފާޟިލާ މިޔާޒާ މުޙައްމަދު ބްލޫރޯޒް ބ.ގޮއިދޫ
6. އަލްފާޟިލް ހަސަން އަލީ ބަގީޗާ ބ.ގޮއިދޫ
7. އަލްފާޟިލް މުޙައްމަދު އާމިރު މާވިލު ބ.ގޮއިދޫ
8. އަލްފާޟިލް މުޙައްމަދު ނާފިޒް ހެދޭކުރި ބ.ގޮއިދޫ
9. އަލްފާޟިލާ އައިޝަތު އަޒްލީމާ ޝަހީމާ މަންޒިލް ބ.ގޮއިދޫ
28 ޛުލްޤައިދާ 1423
07 ނޮވެމްބަރ 2010
– އިންތިޚާބާއި ބެހޭ ކޮމިޓީ –