އިޢުލާން: ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް އެމްޑީޕީ ޓިކެޓް ދިނުމަށް ބާއްވާ ޕްރައިމަރީތަކާ ބެހޭ

MDP/2010-039

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓްދޭނޭ ފަރާތްތައް ކަނޑައެޅުމަށް މިހިނގާ ނޮވެމްބަރު މަހުގެ 22 ވާ ހޯމަ ދުވަހު ޕްރައިމަރީ ބޭއްވޭތޯ މި ޕާޓީން މަސައްކަތްކުރަމުންދާ ވާހަކަ ދަންނަވަމެވެ.
އެމްޑީޕީ ޕްރައިމަރީތަކުގައި ވޯޓުލެވޭނީ އެރަށެއްގައި، އެސިޓީއެއްގައި ނުވަތަ އެދާއިރާއެއްގައި ވޯޓުލާ ދުވަހާ ހަމައަށް އިލެކްޝަންސް ކޮމިޝަނުގައި އޮންނަ އެމްޑީޕީގެ ދަފްތަރުގައި ރަޖިސްޓްރީކުރެވިފައިވާ އެރަށެއްގެ، އެސިޓީއެއްގެ ނުވަތަ އެދާއިރާއެއްގެ ރަށްވެހީންނަށްކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލުމާއި ބެހޭ މަޢުލޫމާތު މިޕާޓީގެ ރަސްމީ ވެބްސައިޓްގެ mdp.org.mv ގެ އިތުރުން www.votemdp.com އިން ވެސް ލިބިވަޑައިގަންނަވާނެ ވާހަކަދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެމްޑީޕީގެ ކެމްޕެއިން އޮފީސް (މ.ރެޑްގްރާސްގެ) ނަންބަރު 3307752 ފޯނާއި ނުވަތަ މިއޮފީހުގެ ނަންބަރު 3340044 ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ.
9 ނޮވެމްބަރ 2010

– އިންތިޚާބާއި ބެހޭ ކޮމިޓީ –