MDP/2010-037
މަތިދެކުނު ޕްރޮވިންސްގެ ގއ.ދާންދޫ ރަށު ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ ޓިކެޓުގައި މިއިންތިޚާބުގައި ވާދަކުރައްވާ 5 ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީސް 12 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހު މާލެ އާއި ގއ.ދާންދޫ ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއިންތިޚާބުގައި ވޯޓްލެވޭނީ 12 ނޮވެމްބަރ 2010ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ގއ.ދާންދޫގެ މެމްބަރުންނަށެވެ. މި އިންތިޚާބުގައި ވޯޓުލުން އޮންނާނީ މާލޭގައި ހުންނަ އެމްޑީޕީ ހަރުގޭގައާއި ގއ.ދާންދޫ އޯޑްސް އޮފީހުގައެވެ. މި އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ 12 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2.00 އިން އިރުއޮއްސި 7:00 އަށެވެ.
ވީމާ، މިއިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމުގެ ފުރުޞަތު މިއަދު، 7 ނޮވެމްބަރ 2010 ން ފެށިގެން 11 ނޮވެމްބަރ 2010 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 6.00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ހުރިހާ ކެންޑިޑޭޓުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މިޕްރައިމަރީޒްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަޢުލޫމާތުތައް ކެންޑިޑޭޓް ނަންބަރު ތަރުތީބުން ތިރީގައި މިދަންނަވަނީއެވެ.
1. އަލްފާޟިލް ޝުއައިބު އަބްދުﷲ ކަކާގެ ގއ.ދާންދޫ
2. އަލްފާޟިލް މިފްރާޙް އަލީލް ފިނިފެންމާގެ ގއ.ދާންދޫ
3. އަލްފާޟިލް ފާރިޝް މުޙައްމަދު މިސްކިތްދޮށުގެ ގއ.ދާންދޫ
4. އަލްފާޟިލާ ނާސިހާ ހުސައިން ކާރނޭޝަންވިލާ ގއ.ދާންދޫ
5. އަލްފާޟިލް އިމްރާން ވަހީދު ދަނޑިގެ ގއ.ދާންދޫ
6. އަލްފާޟިލާ ނަސްރާ އަލީ ބްލުނިޔާގެ ގއ.ދާންދޫ
7. އަލްފާޟިލާ ފަޒްނާ އާދަމް އާމުލީގެ ގއ.ދާންދޫ
8. އަލްފާޟިލް ގައިސް އިސްމާޢީލް އަންޑަރޕޫލްގެ ގއ.ދާންދޫ
28 ޛުލްޤައިދާ 1423
07 ނޮވެމްބަރ 2010
– އިންތިޚާބާއި ބެހޭ ކޮމިޓީ –