MDP/2010-036
އުތުރު ޕްރޮވިންސްގެ ބ.ތުޅާދޫ ރަށު ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ ޓިކެޓުގައި މިއިންތިޚާބުގައި ވާދަކުރައްވާ 5 ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީސް 19 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހު މާލެ އާއި ބ.ތުޅާދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއިންތިޚާބުގައި ވޯޓްލެވޭނީ 19 ނޮވެމްބަރ 2010ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ބ.ތުޅާދޫގެ މެމްބަރުންނަށެވެ. މި އިންތިޚާބުގައި ވޯޓުލުން އޮންނާނީ މާލޭގައި ހުންނަ އެމްޑީޕީ ހަރުގޭގައާއި ބ.ތުޅާދޫ އެމްޑީޕީ ހަރުގޭގައެވެ. މި އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ 19 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2.00 އިން އިރުއޮއްސި 7:00 އަށެވެ.
ވީމާ، މިއިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމުގެ ފުރުޞަތު މިއަދު، 7 ނޮވެމްބަރ 2010 ން ފެށިގެން 18 ނޮވެމްބަރ 2010 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 6.00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ހުރިހާ ކެންޑިޑޭޓުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މިޕްރައިމަރީޒްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަޢުލޫމާތުތައް ތިރީގައި މިދަންނަވަނީއެވެ.
1. އަލްފާޟިލް އިބްރާހީމް މުޖުތަބާ އެވަރގްރީން ބ.ތުޅާދޫ
2. އަލްފާޟިލް އިބްރާހީމް ޒާހިދު ހަވާއީ ބ.ތުޅާދޫ
3. އަލްފާޟިލް ޒިޔާއު އިބްރާހީމް ރަޝީދު ޗާންދަނީގެ ބ.ތުޅާދޫ
4. އަލްފާޟިލް މުޙައްމަދު އުސްމާން މަލާޒް ބ.ތުޅާދޫ
5. އަލްފާޟިލް އަހުމަދު ރަޝީދު މަންފާ ބ.ތުޅާދޫ
6. އަލްފާޟިލް ހަސަން އަލީ ބަގީޗާ ބ.ތުޅާދޫ
7. އަލްފާޟިލް އަހުމަދު ރަޝީދު ދިލްކުޝާގެ ބ.ތުޅާދޫ
8. އަލްފާޟިލް އަޙުމަދު އާސިމް މާހަލް ބ.ތުޅާދޫ
9. އަލްފާޟިލް މުޙައްމަދު އަލިމަނިކު ވިޔަވަތި ބ.ތުޅާދޫ
10. އަލްފާޟިލް އަހުމަދު އަފްރާޙް އާރު ބ.ތުޅާދޫ
11. އަލްފާޟިލް އަބްދުﷲ ރަޝީދު ޔޫސުފް ޗާންދަނީގެ ބ.ތުޅާދޫ
28 ޛުލްޤައިދާ 1423
07 ނޮވެމްބަރ 2010
– އިންތިޚާބާއި ބެހޭ ކޮމިޓީ –