MDP/2010-035
އުތުރު ޕްރޮވިންސްގެ ރ.އުނގޫފާރު ރަށު ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ ޓިކެޓުގައި މިއިންތިޚާބުގައި ވާދަކުރައްވާ 5 ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީސް 19 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހު މާލެ އާއި ރ.އުނގޫފާރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއިންތިޚާބުގައި ވޯޓްލެވޭނީ 19 ނޮވެމްބަރ 2010ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ރ.އުނގޫފާރުގެ މެމްބަރުންނަށެވެ. މި އިންތިޚާބުގައި ވޯޓުލުން އޮންނާނީ މާލޭގައި ހުންނަ އެމްޑީޕީ ހަރުގޭގައާއި ރ.އުނގޫފާރުގައެވެ. މި އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ 19 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2.00 އިން އިރުއޮއްސި 7:00 އަށެވެ.
ވީމާ، މިއިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމުގެ ފުރުޞަތު މިއަދު 7 ނޮވެމްބަރ 2010 ން ފެށިގެން 18 ނޮވެމްބަރ 2010 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 6.00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ހުރިހާ ކެންޑިޑޭޓުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މިޕްރައިމަރީޒްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަޢުލޫމާތުތައް ތިރީގައި މިދަންނަވަނީއެވެ.
1. އަލްފާޟިލް ޠޯޙާ ހުސައިން ރ.އުނގޫފާރު
2. އަލްފާޟިލް މުޙައްމަދު ޝަފީޤް ފެންއާރު ރ.އުނގޫފާރު
3. އަލްފާޟިލް ޙަސަން ފަޒީލް ރިހިވެލި ރ.އުނގޫފާރު
4. އަލްފާޟިލް ޙަސަން ޒަރީރު ނީލްވިލާ ރ.އުނގޫފާރު
5. އަލްފާޟިލް އަހުމަދު ނަޒީރު ފިނިހިޔާގެ ރ.އުނގޫފާރު
6. އަލްފާޟިލް އަޙުމަދު ޝާހިދު ޗާނދަނީވިލާ ރ.އުނގޫފާރު
7. އަލްފާޟިލް މުހައްމަދު އަހުމަދު ކަޝްމީރުވިލާ ރ.އުނގޫފާރު
8. އަލްފާޟިލް ޙަސަން ސަޢީދު ޕެންޒީމާގެ ރ.އުނގޫފާރު
28 ޛުލްޤައިދާ 1423
07 ނޮވެމްބަރ 2010
– އިންތިޚާބާއި ބެހޭ ކޮމިޓީ –