MDP/2010-034
އުތުރު ޕްރޮވިންސްގެ ރ.ހުޅުދުއްފާރު ރަށު ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ ޓިކެޓުގައި މިއިންތިޚާބުގައި ވާދަކުރައްވާ 5 ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީސް 19 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހު މާލެ އާއި ރ.ހުޅުދުއްފާރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއިންތިޚާބުގައި ވޯޓްލެވޭނީ 19 ނޮވެމްބަރ 2010ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި އެމް. ޑީ. ޕީ. ގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ރ.ހުޅުދުއްފާރުގެ މެމްބަރުންނަށެވެ. މި އިންތިޚާބުގައި ވޯޓުލުން އޮންނާނީ މާލޭގައި ހުންނަ އެމްޑީޕީ ހަރުގޭގައާއި ރ.ހުޅުދުއްފާރުގައެވެ. މި އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ 19 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2.00 އިން އިރުއޮއްސި 7:00 އަށެވެ.
ވީމާ، މިއިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމުގެ ފުރުޞަތު މިއަދު 7 ނޮވެމްބަރ 2010 ން ފެށިގެން 18 ނޮވެމްބަރ 2010 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 6.00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ހުރިހާ ކެންޑިޑޭޓުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މިޕްރައިމަރީޒްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަޢުލޫމާތުތައް ތިރީގައި މިދަންނަވަނީއެވެ.
1. އަލްފާޟިލް މުޙައްމަދު ވަސީމް މޫންލައިޓް ރ.ހުޅުދުއްފާރު
2. އަލްފާޟިލް މުޙައްމަދު ޒުބައިރު ކަނޑުފިނިގެ ރ.ހުޅުދުއްފާރު
3. އަލްފާޟިލް ޔޫސުފް ސަލީމް މާވަޑިގެ ރ.ހުޅުދުއްފާރު
4. އަލްފާޟިލް އިބްރާހީމް އާދިލް ލައިނޫފަރުގެ ރ.ހުޅުދުއްފާރު
5. އަލްފާޟިލް ޙުސައިން ޝަފީއު ވިކްޓްރީ ހައުސް ރ.ހުޅުދުއްފާރު
6. އަލްފާޟިލް އަޙުމަދު ޝާކިރު ނާރެސް ރ.ހުޅުދުއްފާރު
7. އަލްފާޟިލް ޢަބްދުލް ހަލީމް އަޙުމަދު މުރަނގަމާގެ ރ.ހުޅުދުއްފާރު
8. އަލްފާޟިލް އަޙުމަދު ފައިސަލް ބްލޫހެވަން ރ.ހުޅުދުއްފާރު
28 ޛުލްޤައިދާ 1423
07 ނޮވެމްބަރ 2010
– އިންތިޚާބާއި ބެހޭ ކޮމިޓީ –