އެމްޑީޕީ ވިލިނގިލި ދާއިރާއިން ނެރޭ ނޫސްބަޔާން

މިޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ނުރައްކާތެރި ޓެރެރިސްޓް ހަމަލާ ގއ.ވިލިނގިލީ ދާއިރާގެ އެމް.ޑީ.ޕީ އެންމެހާ މެމްބަރުންގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

‎މިދާއިރާގެ އެންމެހާ މެންބަރުންގެ ދުޢާ އަކީ، ރައީސް މުޙަންމަދު ނަޝީދަށް އަދި އެމަނިކުފާނުގެ ސެކިޔުރިޓީ އަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުން.

މި ނުރައްކާތެރި ޙަމަލާ ދިނުމުގައި ޒިންމާވާ ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ.