2018 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ދިރާސާ

2018 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ އޭގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބަނގުރޫޓްވެ، އާންމު ރައްޔިތުން ‘ފެލާލާނެ’ ބަޖެޓެކެވެ. ޓެކްސްގެ ނިޒާމަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކާއި އިމްޕޯޓް ޑިޔުޓީ ކަނޑާނުލައި ކުރިޔަށް ގެންދާދިޔުމުގެ ސަބަބުން، ތަކެތީގެ އަގު ބޮޑުވެ، އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް ގެއްލުންވުމުގެ އިތުރުން އުފެއްދުންތެރިކަން ދަށަށްދާނެކަމަށް ލަފާކުރެވެއެވެ. 2010 (%7.1) ވަނަ އަހަރާއި 2011 (%6.5) ވަނަ އަހަރު، ރާއްޖޭގެ އުފެއްދުންތެރިކަން ހަލުވިމިނެއްގައި ކުރިއަރައިގެން ދިޔައެވެ. ނަމަވެސް 2012 ވަނައަހަރުން ފެށިގެން އިޤްތިސާދީ ދުވެލި ފަހަތަށް ޖަހާފައިވާކަން ބަޖެޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. މިއަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ޤައުމީ އުފެއްދުންތެރިކަމުގެ ހިސާބު އެކުލަވާލާ ގޮތް ބަދަލުކޮށް، ‘ރިބޭސް’ (ޖީޑީޕީ ހިސާބުކުރާގޮތަށް ބަދަލުގެނައުން) ކޮށްފައެވެ.

2018 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން އެމްޑީޕީން ތައްޔާރުކޮށްފައިވާ ރިޕޯޓު