12 އެޕްރީލް 2011
އިބްރާހީމް ރާމިޒް
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވަރަށް ޚާއްސަ ޖަލްސާއެއް މިރޭ އޮންނާނޭ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.
އަމީނީ މަގުގައި ހުންނަ އެމްޑީޕީގެ މައި ހަރުގޭގައި މިރޭ 9.00 ގައި ފަށާ، މި ޖަލްސާއަށް އެމްޑީޕީގެ ވީހާވެސް ގިނަ މެންބަރުންނާއި، ޕާޓީއަށް ތާއީދުކުރައްވާ އަދި ހެޔޮއެދި ވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން ވަޑައިގެންނެވުމަށް އެޕާޓީން އެދެއެވެ.