ޤައުމީ ހިންގާ ކޮމިޓީ

ޤައުމީ މަޖަލީހުގެ ދެބައްދަލުވުން ދެމެދުގައި މަޖިލީހުން އަދާކުރަންޖެހޭ އެންމެހާ މަސްއޫލިއްޔަތު އަދާކުރާނީ ޤައުމީ މަޖިލީހުގެ ޤައުމީ ހިންގާ ކޮމިޓީއިންނެވެ. އެހެނަސް، މި ޤައުމީ ހިންގާ ކޮމިޓީއަކަށް، ކޮންގްރެސްއިން ކަނޑައަޅާ ޤާއިމުކޮށްފައިވާ އެއްވެސް ނިންމުމަކާ ފުށުއަރާގޮތަށް ޢަމަލު ހިންގުމުގެ ބާރެއް ނޯންނާނެއެވެ.

ޤައުމީ ހިންގާ ކޮމިޓީގައި އެކުލެވެނީ:

(ހ) ރައީސްއާއި، ނައިބު ރައީސް
(ށ) ޤައުމީ ޗެއާޕާސަން
(ނ) ޕާޓީގެ ކެބިނެޓް މެންބަރުން
(ރ) އަމީން ޢާއްމު އަދި އަމީން ޢާއްމުގެ ނައިބު
(ބ) ޗެއާޕާސަންގެ ނައިބު (ސިޔާސީ)
(ޅ) ޗެއާޕާސަންގެ ނައިބު (މާލީ)
(ކ) ޕާޓީއަށް ނިސްބަތްވާ ރައްުޔިތުންގެ މަޖިލީހުގެ މެންބަރުން