މާލިއްޔަތާއި ޗަންދާ ކޮމިޓީ

ޕާޓީއަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދައި ބަލަހައްޓާނީ މާލިއްޔަތާއި ޗަންދާ ކޮމިޓީންނެވެ.

މާލިއްޔަތާއި ޗަންދާ ކޮމިޓީ އެކުލެވިގެންވަނީ ކޮމިޓީގެ ރިޔާސަތު ބަލަހައްޓާ ޗެއާޕާސަންގެ ނައިބު (މާލީ) އާއި 5 އަހަރުގެ ދައުރަކަށް ޤައުމީ މަޖިލީހުން އައްޔަންކުރާ، އޮނަހިރި އަދަދެއްގެ މައްޗަށެވެ.

މާލިއްޔަތާއި ޗަންދާ ކޮމިޓީގެ މަސްއޫލިއްޔަތުތަކަކީ:
1. ޕާޓީ ހިންގުމަށް ބޭނުންވާ ފައިސާ ހޯދުން
2. ޕާޓީއަށް ލިބޭ ފައިސާ ޚަރަދުކުރާނެ ގޮތް ރޭވުން
3. ޕާޓީގެ މާލީ ހިސާބުތައް އަހަރަކު އެއްފަހަރު އޯޑިޓް ކުރުން