ކޮންގްރެސް

ޕާޓީގެ އެންމެއިސް ގުނަނަކީ، ކޮންގްރެސްއެވެ. ކޮންގްރެސް ބައްދަލުވާނީ ކޮންމެ 5 އަހަރަކު އެއް ފަހަރުއެވެ. ނަމަވެސް މި އަސާސީ ޤަވާއިދުގެ ޝަރްޠުތަކުގެ މަތިން ކޮންގްރެސްގެ އާދައާޚިލާފް ޖަލްސާއެއް ކޮންމެ ވަގުތެއްގައިވެސް ބޭއްވިދާނެއެވެ.

ކޮންގްރެސްގެ ޒިންމާ އަކީ:
(ހ) ޕާޓީގެ ސިޔާސަތުތައް އެކަށައެޅުން.
(ށ) މި އަސާސީ ޤަވާއިދު އިޞްލާޙް ކުރުން.
(ނ) މި އަސާސީ ޤަވާއިދުގައި ކަނޑައެޅިފައި އޮންނަ ގޮތުގެ މަތިން ޕާޓީ އުވާލުން.

ކޮންގްރެސްގައި އެކުލެވެނީ:
(ހ) ޤައުމީ މަޖިލީހުގެ ހުރިހާ މެންބަރުން.
(ށ) ދާއިމީ ކޮމެޓީތަކުގެ މުޤައްރިރުން
(ނ) އަންހެނުންގެ ރޫޙްގެ ނައިބު ރައީސް
(ރ) ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް
(ބ) ޕްރޮވިންސް ތަކުގެ ނައިބު ރައީސުން
(ޅ) ދާއިރާތަކުގެ ނައިބު ރައީސުން
(ލ) ގޮފިތަކުގެ ރައީސް ނުވަތަ ގޮފިތަކުގެރައީސަށް ބައިވެރިނުވެވޭ ޙާލަތުގަ ގޮފީގެ ނައިބު ރައީސް
(އ) ޕާޓީއަށް ނިސްބަތްވާ ލޯކަލް ކައުންސިލަރުން
(ވ) ޕާޓީއަށް ނިސްބަތްވާ ޑަބްލިއުޑީސީގެ ރައީސް ނުވަތަ ރައީސް ޕާޓީއަށް ނިސްބަތް ނުވާނަމަ، އެކޮމެޓީގައި ދެން ތިއްބެވި ޕާޓީއަށް ނިސްބަތްވާ މެމްބަރުންގެ ތެރެއިން ކަނޑައަޅާ މެމްބަރެއް
(މ) އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް
(ފ) އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހުގެ ހުރިހާ މެންބަރުން