ޤައުމީ މަޖިލިސް

ޤައުމީ މަޖިލިސްގެ ޒިންމާތައް:

(ހ) ޕާޓީގެ ވަކި ގުނަނަކާ ހަވާލުކޮށްފައި ނުވާ ކަންކަން ހިންގުން.
(ށ) ޕާޓީގެ މާލިއްޔަތާއި ޗަންދާ ކޮމިޓީގެ މެންބަރުންނާއި މެމްބަރޝިޕާއި ކެމްޕޭން ކޮމިޓީގެ މެންބަރުން ހޮވުން
(ނ) އިސްތިއުނާފުގެ ފަނޑިޔާރު މަޖިލިސް ހޮވުން.
(ރ) އިސްލާމްދީނުގެ މަޝްވަރާ މަޖިލީހަށް 5 މެމްބަރުން ހޮވުން.
(ބ) ޕާޓީގެ ސެކެރެޓޭރިއެޓާއި، އެހެނިހެން ކޮމިޓީތައް އައްޔަންކުރުން.
(ޅ) ދެ ކޮންގްރެސް ބައްދަލުވުމުގެ ދެމެދުގައި ގެންދެވޭ ޕާޓީގެ ޕްރޮގްރާމްތައް ދާނުދާގޮތްބަލާ ޕާޓީގެ ސިޔާސަތަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުން.
(ކ) ޕާޓީގެ އޮޑިޓް ރިޕޯޓްތައް ހުށައަޅާ، މާލީ ބަޔާންތައް ފާސްކުރުން.
(އ) ކޮންގްރެސްގެ ބާރުތަކަށް ފުށުނާރާގޮތުން، ޕާޓީގެ މަސްލަހަތު ތަކަށް ކުރިއެރުން ލިބޭ ހުރިހާ ކަމެއްކުރުން.
(ވ) ޕާޓީގެ ޗެއަރޕާރސަން ނުވަތަ ޗެއާޕާސަންގެ ނައިބަކާ މެދު ޕާޓީގެ މެމްބަރުން ހިތްހަމަ ނުޖެހިގެން މައްސަލައެއް ހުށަހަޅައިފިނަމަ އެކަމާމެދު ބަހުސް ކޮށް ޕާޓީގެ ލީޑަރޝިޕާމެދު އިތުބާރުއޮތްތޯ ބެލުން.
(މ) ޕާޓީގެ ޗެއަރޕާރސަން ނުވަތަ ޗެއާޕާސަންގެ ނައިބަކާ މެދު އިތުބާރުނެތްކަމަށް ފާސްވެއްޖެނަމަ، މިއަސާސީ ޤަވާޢިދުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިންތިޚާބު ބާއްވައި އެމަޤާމަކަށް މީހަކު ހޮވާނީއެވެ.
(ފ) އިސްތިއުފާ ދިނުމުގެ ސަބަބުން ނުވަތަ މަރުވުމުގެ ސަބަބުން ނުވަތަ އެހެނިހެން ސަބަބަކާހުރެ ކޮންގްރެސްއިން ހޮވި ޗެއާޕާސަންގެ ނައިބު (ސިޔާސީ) ނުވަތަ ޗެއާޕާސަންގެ ނައިބު (މާލީ)ގެ މަޤާމު ހުސްވެފައިވާނަމަ، ދެން އަންނަ ކޮންގްރެސްއަކާ ހަމައަށް އެ ދެ މަގާމަށް މީހުން ހޮވުން.

31. ޤައުމީ މަޖިލިސް އެކުލެވިގެންވާ ގޮތް

(ހ) ޤައުމީ ޗެއަރޕަރސަން .
(ށ) ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުން
(ނ) ދާއިރާތަކުގެ ރައީސުން.
(ރ) ޗެއާޕާސަންގެ ނައިބު (ސިޔާސީ) އާއި ޗެއާޕާސަންގެ ނައިބު (މާލީ)
(ބ) ޒުވާނުންގެ އޮއެވަރުގެ ރައީސް
(ޅ) އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް