ޕާޓީއަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދައި ބަލަހައްޓާނީ މާލިއްޔަތާއި ޗަންދާ ކޮމިޓީންނެވެ.
މާލިއްޔަތާއި ޗަންދާ ކޮމިޓީ އެކުލެވިގެންވަނީ ކޮމިޓީގެ ރިޔާސަތު ބަލަހައްޓާ ޗެއާޕާސަންގެ ނައިބު (މާލީ) އާއި ޤައުމީ މަޖިލީހުން ހޮވާ، 4 މެންބަރުންނަށްވުރެ މަދުނުވާ ޖުމްލަ އޮނަހިރި އަދަދެއްގެ މައްޗަށެވެ.
މާލިއްޔަތާއި ޗަންދާ ކޮމިޓީގެ މަސްއޫލިއްޔަތުތަކަކީ:
1. ޕާޓީ ހިންގުމަށް ބޭނުންވާ ފައިސާ ހޯދުން
2. ޕާޓީއަށް ލިބޭ ފައިސާ ޚަރަދުކުރާނެ ގޮތް ރޭވުން
3. ޤައުމީ މަޖިލީހުން ކަނޑައަޅާ ޕާޓީގެ ޗަންދާ ޕާޓީގެ މެންބަރުންގެ ކިބައިން ނެގުމާއި ޗަންދާގެ ރިކޯޑުތައް ބެލެހެއްޓުން.