ކޮންގްރެސް

ޕާޓީގެ އެންމެއިސް ގުނަނަކީ، ކޮންގްރެސްއެވެ. ކޮންގްރެސް ބައްދަލުވާނީ ކޮންމެ 5 އަހަރަކު އެއް ފަހަރުއެވެ. ނަމަވެސް މި އަސާސީ ޤަވާއިދުގެ ޝަރްޠުތަކުގެ މަތިން ކޮންގްރެސްގެ އާދައާޚިލާފް ޖަލްސާއެއް ކޮންމެ ވަގުތެއްގައިވެސް ބޭއްވިދާނެއެވެ.

ކޮންގްރެސްގެ ޒިންމާ އަކީ:
(ހ) ޕާޓީގެ ސިޔާސަތުތައް އެކަށައެޅުން.
(ށ) މި އަސާސީ ޤަވާއިދު އިޞްލާޙް ކުރުން.
(ނ) މި އަސާސީ ޤަވާއިދުގައި ކަނޑައެޅިފައި އޮންނަ ގޮތުގެ މަތިން ޕާޓީ އުވާލުން.
(ރ) ޕާޓީގެ ޗެއާޕާސަންގެ ނައިބު (ސިޔާސީ) އާއި ޗެއާޕާސަންގެ ނައިބު (މާލީ) އިންތިޚާބު ކުރުން

ކޮންގްރެސްގައި އެކުލެވެނީ:
(ހ) ޤައުމީ މަޖިލީހުގެ ހުރިހާ މެންބަރުން.
(ށ) މާލިއްޔަތާއި ޗަންދާ ކޮމިޓީއާއި، މެމްބަރޝިޕާއި ކެމްޕޭނު ކޮމިޓީގެ ހުރިހާ މެންބަރުން
(ނ) އަންހެނުންގެ ރޫޙްގެ ހިންގާ ކޮމިޓީގެ ހުރިހާ މެމްބަރުން
(ރ) ޒުވާނުންގެ ހިތްވަރުގެ ހިންގާ ކޮމިޓީގެ ހުރިހާ މެމްބަރުން
(ބ) ޕްރޮވިންސް ތަކުގެ ރައީސުންނާއި ނައިބު ރައީސުން
(ޅ) ދާއިރާތަކުގެ ރައީސްއާއި ނައިބު ރައީސުން
(ލ) ކޮންމެ ގޮތްޕެއްގެ ރައީސް
(އ) މަގުބޫލު އުޒުރަކާހުރެ ގޮފީގެ ރައީސްއަށް ކޮންގްރެސްއަށް ހާޒިރުވުމަށް އުޒުރުވެރިވާނަމަ ގޮފީގެ ނާއިބު ރައީސް.
(ވ) ޕާޓީއަށް ނިސްބަތްވާ ލޯކަލް ކައުންސިލަރުން
(މ) ޕާޓީއަށް ނިސްބަތްވާ ވަޒީރުން
(ފ) އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ހުރިހާ މެންބަރުން
(ދ) އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހުގެ ހުރިހާ މެންބަރުން