ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޓިކެޓުގައި ކުރިމަތިލުމަށް ހުށަހަޅާފައިވާ ދިގު ލިސްޓު އާންމުކުރަން ފަށައިފި

4 ނޮވެމްބަރ 2010

ރާމިޒް

5 ފެބްރުއަރީ 2011 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީ ޓިކެޓުގައި ކުރިމަތިލުމަށް ހުށަހަޅާފައިވާ “ދިގު ލިސްޓް”ޢާންމު ކުރަން ފަށައިފިއެވެ.
މިއަދު އެމްޑީޕީ ވެބްސައިޓް ގައި ޝާޢިއުކުރަންފެށި މި ލިސްޓަށް އުނި އިތުރު އައުން އެކަށީގެންވާ ކަމަށް އެމްޑީޕީން ބުނެއެވެ. އަދި މިލިސްޓުގައި ވާ އެއްވެސް މީހަކީ ކަނޑައެޅިގެން އެމްޑީޕީގެ ފަރާތުން ކައުންސިލަށް ކުރިމަތިލާ މީހެއްކަމަށް އަދި ނިންމާފައި ނުވާނޭ ކަމަށާއި،
ލިސްޓްގައިވާ މައުލޫމާތުގައި އެއްވެސް މައްސަލައެއް ވާނަމަ އެމްޑީޕީގެ ކެމްޕެއިން އޮފީހުގެ ފޯނު ނަންބަރު 3307752 އާއި ގުޅުއްވުމަށާއި، ނަން އަނބުރާ ގެންގޮސްފައިވާ ފަރާތްތައް ވެސް އެނގެން ހުންނާނޭ ކަމަށް އެމްޑީޕީން ބުނެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ޖުމްލަ 903 ކެންޑިޑޭޓަކު އެމްޑީޕީގެ ޓިކެޓް ހޯދުމަށް އެދިފައިވާ ކަމަށް އެޕާޓީން މަޢުލޫމާތުދެއެވެ.