އެއް ގޮނޑީގެ ޓިކެޓް ކުރިމަތިލާފައިވާ އަންހެން މެންބަރަށް ދިނުމަށްފަހު 4 ގޮނޑީގެ ޕްރައިމަރީއެއް ގައްދޫގައި ބާއްވާ ގޮތަށް ނިންމައިފި

1 ނޮވެމްބަރ 2010

ރާމިޒް

ގައްދޫގެ އެމްޑީޕީ ސަޕޯޓަރުން އެޕާޓީގެ ވަފްދަކަށް މަރުހަބާ ކިޔަނީ .. އެމްޑީޕީ ފައިލް ފޮޓޯ
ގައްދޫގެ އެމްޑީޕީ ސަޕޯޓަރުން އެޕާޓީގެ ވަފްދަކަށް މަރުހަބާ ކިޔަނީ .. އެމްޑީޕީ ފައިލް ފޮޓޯ

މިއަންނަ އީދު ބަންދުގެ ތެރޭގައި މަތި ދެކުނު ޕްރޮވިންސްގެ ގދ. ގައްދޫގެ ކައުންސިލަށް ވާދަކުރުމަށް އެމްޑީޕީ ޓިކެޓް ދިނުމަށް ބާއްވާޕްރައިމަރީ ބާއްވާނީ އެމްޑީޕީ ޓިކެޓަށް ކުރިމަތިލާފައިވާ 7 ފަރާތުގެ ތެރެއިން އަންހެން ބޭފުޅާއަށް ޓިކެޓް ދިނުމަށްފަހު ދެން ތިބި 6 މީހުންގެ މެދުގައި ކަމަށް އެމްޑީޕީ ގައްދޫ ދާއިރާގެ ހިންގާ ކޮމިޓީން ބުނެފިއެވެ.
މި ދާއިރާއިން ހާމަކުރި ގޮތުގައި މިގޮތަށް ހަމަޖެއްސީ ކައުންސިލް އިންތިޚާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުންނަށް ފުރުސަތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވާފައިވާތީ، އެ އިލްތިމާސަށް އިޖާބަ ދިނުމުގެ ގޮތުން ގައްދޫއިން އަންހެން ބޭފުޅަކަށް ފުރުސަތު ދިނުމަށް ކަމަށެވެ..