އެމްޑީޕީގެ ވަރަށް ޚާއްޞަ ޖަލްސާއެއް ބުދަ ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ ) ގެ ވަރަށް ޚާއްޞަ ޖަލްސާއެއް 17 ފެބްރުއަރީ 2010 ވާ ބުދަ ދުވަހުގެރޭ 9.00 ގައި އާޓިފިޝަލް ބީޗުގައި އޮންނާނެއެވެ. މި ޖަލްސާގައި ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ވީމާ މިޖަލްސާއަށް އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި ޕާޓީއަށް ހެޔޮއެދި ވަޑައިގަންނަވާ ވީހާވެސް ގިނަ ބަޔަކު ހާޒިރުވެވަޑައިގެން ދެއްވުމަކީ މިޕާޓީގެ ވަރަށް ބޮޑުއެދުމެކެވެ.