އެމްޑީޕީގެ މީޑިޔާ ޔުނިޓެއް ގާއިމްކޮށް އެ މަސައްކަތް މިހާރުން މިހާރަށް ފެށުމަށް ކޮންގްރެސްގެ ބައިވެރިން ގޮވާލައިފި

އެމްޑީޕީ ބޭނުން ވަނީ ކުރިއަށް އޮތް 100 އަހަރު ރާއްޖޭގެ ވެރިކަންކުރަން
ެ30 އޮކްޓޯބަރ 2010

ރާމިޒް

picture-0413

ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރެވޭނޭ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށާއި. އެމްޑީޕީން ރާއްޖެއަށް ގެނައި ޑިމޮކްރަސީއާ އެކު މީޑިޔާ މިނިވަންވެފައިވީ ނަމަވެސް އިދިކޮޅު ފަރާތްތަކުން މީޑިއާ ހިސާރުކޮށްފައިވާތީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު އަމިއްލަ މީޑިޔާތަކުން ސިޔާސީ ސަބަބުތަކަށްޓަކައި، ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެމުން ނުދާތީ އެމްޑީޕީގެ މީޑިޔާ ޔުނިޓެއް ގާއިމްކޮށް އެ މަސައްކަތް މިހާރުން މިހާރަށް ފެށުމަށް ކޮންގަރެސްގެ މެންބަރުން ގޮވާލައިފިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމަށް ހުރި އިތުރު ދަތިތަކުގެ ގޮތުގައި މަންދޫބުން ފާހަގަކުރެއްވި ކަންތައްތަކުގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އެމްޑީޕީގެ ޓިކެޓްގައި ނުކުތް މެންބަރުން ކުރިމަތިލީ ދާއިރާތަކަށް ޕާޓީގެ އެހެން މެންބަރުން ވާދަ ކުރުމާއި، ޕާޓީގެ ރޫހާ ހިލާފަށް މަދު ބަޔަކު ނަމަވެސް ކެމްޕެއިންކޮށްފައި ވާކަން ހިމެނެއެވެ. އަދި އެފަދަ ކަންތައްތައް ތަކުރާރު ވިޔަ ނުދިނުމަށް މަސައްކަތްކުރުން ވަރަށް މުހިއްމު ކަމަށާއި، ސްޓޭޓް މިނިސްޓަރުކަމުން ފެށިގެން ސަރުކާރުގެ އިސް ބައެއް މަގާމުތަކުގައި އެމްޑީޕީގެ ފިކުރާ ތަފާތު ޚިޔާލެއްގެ ބަޔަކު ތިބެ ސަރުކާރު ހިންގުމަށް ދަތިކޮށް، ހުރަސްއަޅަމުން ގެންދާ ކަމަށާއި އެފަދަ ސީރިއަސްކަންތައްތައް ރަގަޅަށް ބައްލަވައި އެފަދަ ސިޔާސީ ބޭފުޅުން މަޤާމުން ދުރު ކުރުމަށް ވެސް މަންދޫބުން ރައީސްގެ ކިބައިން އެދިވަޑައިގެންނެވި އެވެ.
އަދި އެމްޑީޕީ ބޭނުން ވަނީ ކުރިއަށް އޮތް 100 އަހަރު ރާއްޖޭގެ ވެރިކަން ކުރުމަށް ކަމަށާއި އެކަމަށްޓަކައި ކުރަން ޖެހޭ ހުރިހާކަމެއް ކުރުމަށް ތިބެން ޖެހޭނީ ތައްޔާރަށް ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވިއެވެ.
އެމްޑީޕީގައި މީޑިޢާ ޔުނިޓެއް ޤާއިމްކުރުމަށް އިއްޔެ އޮތް ވޯޓުގައި ވެސް ވަނީ ކޮންގްރެސްގެ މަންދޫބުންގެ އަޣްލަބިއްޔަތުން ފާސްވެފައެވެ.