ވަޒީފާގެ ބިރުދެއްކުން ކުށްވެރިކޮށް ނެރޭ ނޫސް ބަޔާން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ދަނޑިކޮށި ހަރުގޭގައި މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ގުރުއާން ކިޔެވުމާ ގުޅިގެން އޭނާ ވަޒީފާ އަދާކުރަމުންދިޔަ އެޗުޑީސީ އިން ވަކިކުރި ކުރުން މި ޕާޓީން ހަރު އަޑުން ކުށްވެރިކުރަމެވެ.

ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ އުޅުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެކެވެ. އަދި އެ އަސާސީ ހައްގުގެ ބޭނުން ހިފުމަށް އެއްވެސް ޒާތެއްގެ ބިރުވެރިކަމެއް، ބިރުދެއްކުމެއް އަދި އެއްވެސް ފިޔަވަޅެއްވެސް އެޅުމަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު ކަމެކެވެ.
ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ އެއްވެސް މުވައްޒަފަކު ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާތީ ނުވަތަ ތާއީދުކުރާތީ ނުވަތަ ހަރަކާތެއްގައި ބައިވެރިވާތީ ވަޒީފާގެ ބިރުވެރިކަން ނޯންނާނެކަމަށް ރައީސް ޑރ. މުއިއްޒު ރިޔާސީ ކެމްޕެއިންގައި ވަނީ ވައުދެވެވަޑައިގެންފައެވެ. އެހެންނަމަވެސް ވެވަޑައިގެންނެވި ވައުދާ ހިލާފަށް ސަރުކާރުގެ މުވައްޒަފުންނަށް ވަޒީފާގެ

ބިރުދެއްކުމާއި ސަރުކާރަށް ތާއީދުނުކުރާ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންދާކަން މި ޕާޓީން ފާހަގަކުރަމެވެ. އެހެންކަމުން ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ވަޒީފާގެ ބިރުދެއްކުން މި ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

09 ޖުލައި 2024