ކައުންސިލް ބައި-އިލެކްޝަންގައި މިޕާޓީގެ ފަރާތުން ޝައުޤުވެރިކަންފާޅުކުރުމަށް ހުޅުވާލުން

20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުވުމާއި ގުޅިގެން ހުސްވެފައިވާ ތިރީގައިވާ މަޤާމްތަކަށް އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ، މިޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެންބަރުން ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލަމެވެ.

– ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު
– ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެމްބަރު
– މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލް މެންބަރު
– ކުޅުދުއްފުށި އުތުރު ކައުންސިލް މެންބަރު
– ޅ. އަތޮޅު ކައުންސިލް ރައީސް
– ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު
– ފ. ބިލެއްދޫ ކައުންސިލް ރައީސް

މިޕާޓީގެ ފަރާތުން ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ ގޫގުލް ފޯމް މެދުވެރިކޮށް ޝައުޤުވެރިކަންފާޅު ކުރެއްވުންއެދެމެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރާ ފޯމް އެއިދާރާއިން ސާފުކުރުމަށްފަހު ފުރިހަމަކޮށް، ޝައުޤުވެރިކަންފާޅުކުރާ ފޯމާއި އެކު 03 ޖޫން 2024 ގެ 14:00 ކުރިން ހުށައެޅުއްވުން އެދެމެވެ.

ޝައުޤުވެރިކަންފާޅުކުރާ ފޯމް
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރާ ފޯމް

27 މެއި 2024