ނަންބަރު: MDP/2024/007
03 ފެބްރުއަރީ 2024 ވާ (ހޮނިހިރު) ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖްލިސް ޕްރައިމަރީގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ މަންދޫބުން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލައިފީމެވެ.
ވީމާ، ކެންޑިޑޭޓްގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާނެ މިޕާޓީގެ މެންބަރުން ތިރީގައިވާ ގޫގުލް ފޯމް މެދުވެރިކުރައްވާ 25 ޖަނަވަރީ 2024 ގެ 14:00 ގެ ކުރިން ހުށައަޅައިދެއްވުން އެދެމެވެ.
ކޮންމެ ފޮއްޓަކަށްވެސް ކެންޑިޑޭޓަކަށް ހުށައެޅޭނީ ގިނަވެގެން 3 މަންދޫބުންނަށެވެ. އަދި ފޮއްޓެއްކައިރީ އެއްވަގުތެއްގައި ޙަރަކާތްތެރިވެވޭނީ 2 މަންދޫބުންނަށެވެ.
ކެންޑިޑޭޓްގެ މަންދޫބަށްވުމަށް އެދި ހުށައަޅާ ފޯމް
22 ޖަނަވަރީ 2024