އެމްޑީޕީ ގެ ވަގުތީ ރައީސްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ހަމަޖެއްސުން

އެމްޑީޕީ ގެ ވަގުތީ ރައީސްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އައްޔަނުކޮށް ނިމި ދިޔަ ސަރުކާރުގެ ވަޒީރުންގެ ތެރެއިން އެމްޑީޕީ މެންބަރުންގެ ގޮތުގައި ތިއްބެވި ވަޒީރުން މިހާރު އޮތް ގައުމީ މަޖިލިހުގެ ދައުރު ހަމަވަންދެން ގައުމީ މަޖިލިހުގެ މެންބަރުންގެ ގޮތުގައި ހިމެނުމަށް ކަނޑައަޅައިފި

23 ނޮވެންބަރ 2023 ގައި އއ.އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ 4 ވަނަ ދައުރުގެ 9 ވަނަ ޖަލްސާއި އެމްޑީޕީ ގެ ރައީސް ކަމުގެ މަގާމަށް މީހަކު އިންތިހާބުކުރުމާހަމައަށް އެމްޑީޕީ ގެ ވަގުތީ ރައީސްކަމުގެ މަގާމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް އައްޔަނުކުރުމަށާއި ނިމި ދިޔަ ސަރުކާރުގެ ވަޒީރުންގެ ތެރެއިން އެމްޑީޕީ މެންބަރުންގެ ގޮތުގައި ތިއްބެވި ވަޒީރުން މިހާރު އޮތް ގައުމީ މަޖިލީހުގެ ދައުރު ހަމަވަންދެން ގައުމީ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ހިމެނުމަށް ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ބައިވެރިންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.
ވަގުތީ ރައީސް އަކަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އައްޔަނުކުރުމަށާއި ގައުމީ މަޖިލީހުގައި ނިމިދިޔަ ސަރުކާރުގެ އެމްޑީޕީ ވަޒީރުން ހިމެނުމަށްޓަކައި އެކަމާގުޅޭ ގަރާރު ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހިމް އެވެ. އަދި އެ ގަރާރަށް ތާއީދުކުރެއްވީ ޑިޕިއުޓީ ޗެަރޕާސަން އިބްރާހީމް ވަހީދު އެވެ.