ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު ކަމުގެ އިންތިޚާބު – ކެންޑިޑޭޓުންގެ ނަންތައް އިޢުލާންކުރުން

ހުސްވެފައިވާ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު ހޮވުމަށް ބާއްވާ އިންތިޚާބު 23 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ން 16:00 އަށް، އެމް.ޑީ.ޕީ އޮފީހުގެ ޖަލްސާކުރާ މާލަމުގައި (ގ. ނިއުޝާ / 3ވަނަ ފަންގިފިލާ) ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ.
މިއިންތިޚާބުގައި ކުރިމަތިލެއްވި މެމްބަރުންގެ ނަންތައް އާއްމުކޮށް އަންގާ އިއުލާންކުރަމެވެ.

ލިސްޓު ތަރުތީބުކުރެވިފައިމިވަނީ ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބުންނެވެ.
1. މުޙައްމަދު ރަޝީދު ޙުސައިން – އަލިފުށި ދާއިރާ
2. ޢަބްދުލް ޣަނީ ޢަބްދުލްޙަކީމް – ކުރެންދޫ ދާއިރާ
3. ޢަބްދުﷲ ޖާބިރު – ކާށިދޫ ދާއިރާ