ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހްސިން ހަމީދު މިއަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ސޮއިކުރައްވައިފިއެވެ. ނިލަންދޫ ދާއިރާގެ މެމްބަރު މިއަދު މި ޕާޓީއަށް ސޮއިކުރައްވާފައިވަނީ އެ ދާއިރާގެ ރަށްރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފ. ނިލަންދޫއަށް ވަޑައިގެން އެ ރަށުގައި އެކަމަށްޓަކައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.
ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހްސިން ހަމީދު އާއެކު އެ ރަށުގެ ގިނަ ރައްޔިތުންތަކެއްވެސް ވަނީ މި ޕާޓީއަށް އެ ރަސްމިއްޔާތުގައި ސޮއިކުރައްވާފައެވެ.