އިއުލާނު: MDP/2022/054 ދާއިރާތަކުގެ އިންތިޚާބަށް ހުޅުވާލުން

އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގައި އަސާސީ ޤަވާއިދު އިސްލާހު ކުރިއިރު ދާއިރާ ހިންގާކޮމެޓީތައް ހޮވާގޮތްވަނީ ބަދަލުކޮށްފައެވެ. މިގޮތުން އެއްރަށަށްވުރެ ގިނަ ރަށްރަށްހިމެނޭ ދާއިރާތަކުގެ ކޮންމެ ރަށަކުން ދާއިރާގެނާއިބު ރައީސް، ސެކްރެޓަރީ، އަންހެނުންގެ ސެކްރެޓަރީ އަދި ޒުވާނުންގެ ސެކްރެޓަރީ އެއް ހޮވަންޖެހެއެވެ. އަދި އެއްރަށުގައި އެއްދާއިރާ ނުވަތަ އެއަށްވުރެ ގިނަ ދާއިރާ ހިމެނޭ ރަށްތަކުގެ ކޮންމެ ދާއިރާއަކުން އަންހެނުންގެ ސެކްރެޓަރީ އަދި ޒުވާނުންގެ ސެކްރެޓަރީ އިންތިޚާބުކުރަން ޖެހެއެވެ. މިހާރު ހިނގަމުންދާ ދާއިރާހިންގާ ކޮމިޓީތަކުގެ ދައުރަށް މިމަޤާމްތަކަށް މެންބަރުން ހޮވުމަށްބާއްވާ އިންތިޚާބު 17 ޑިސެމްބަރ 2022 ގައި އޮންނާނެވާހަކަ އިއުލާނު ކުރަމެވެ. އަދި މިމަޤާމްތަކަށް ކުރިމަތި ލައްވަން ބޭނުންފުޅުވާ ބޭފުޅުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކުރުމަށްފަހު 16 ނޮވެމްބަރ 2022 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ.

ދާއިރާތަކުގެ އިންތިހާބު 2022
ޓައިމްލައިން
06 ނޮވެމްބަރ 2022–ދާއިރާ އިންތިޙާބު އިއުލާން ކުރުން
06 ނޮވެމްބަރ 2022 – ދާއިރާތަކުގެ މަގާމްތަކަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން
16 ނޮވެމްބަރ 2022– ކެންޑިޑޭޓުން ވާދަ ކުރުމުގެ ފޯރމް ބަލައިގަތުމުގެ މުއްދަތު ހަމަވުން (14:00 އަށް)
21 ނޮވެމްބަރ 2022 – ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު، ކެންޑިޑޭޓް ނަންބަރާ އެކު އިއުލާން ކުރުން
01 ޑިސެމްބަރ 2022 – ދާއިރާތަކުގެ އިންތިޙާބުގެ ވޯޓަރޒް ލިސްޓް އާންމު ކުރުމާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން
04 ޑިސެމްބަރ 2022 – ވޯޓަރޒް ލިސްޓަށް ހުށަހަޅާ ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަމަވުން (14:00 އަށް)
05 ޑިސެމްބަރ 2022 –ދާއިރާތަކުގެ އިންތިޙާބުގެ ފައިނަލް ވޯޓަރޒް ލިސްޓް އާންމު ކުރުން
06 ޑިސެމްބަރ 2022- ކެންޑިޑޭޓް މަންދޫބުންނަށް ފުރުޞަތު ހުޅުވާލުން
08 ޑިސެމްބަރ 2022– ކެންޑިޑޭޓް މަންދޫބުންނަށް ފުރުޞަތު ބަންދުވުން
17 ޑިސެމްބަރ 2022– ދާއިރާތަކުގެ އިންތިޙާބު ވޯޓްލާ ދުވަސް

އިންތިޚާބަށް ކުރިމަތިލާ ފޯމްގެ ލިންކް

މަތިއުތުރު ޕްރޮވިންސް ރައީސް ކަމަށް ކުރިމަތިލައްވާ ބޭފުޅުން އެޕްރޮވިންސްގެ 200 އެމް.ޑީ.ޕީ މެންބަރުންގެ ތާއީދު އޮތްކަން އަންގައިދޭ ލިއުން
Province raees Thaaeedhu form