ޕާޓީގެ ޗެއަރޕަރސަންގެ ނައިބުންގެ މުއްދަތު ހަމަވުމާއި، ކުރިއަށް އޮތް 5 އަހަރުގެ މުއްދަތަށް ހޮވިފައިވާ ނައިބުންގެ ދައުރު ފެށުން

މިޕާޓީގެ ޗެއަރޕރަސަންގެ ނައިބު (އިދާރީ)، އާއި ޗެއަރޕަރސަންގެ ނައިބު (މާލީ) ގެ މުއްދަތު މިއަދު، 24 އޮކްޓޯބަރ 2022 ގެ ނިޔަލަށް ހަމަވުމާއި ގުޅިގެން، 25 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހުން ފެށިގެން މިޕާޓީގެ ޗެއަރޕަރސަންގެ ނައިބު (އިދާރީ) ގެ މަގާމަށް ހޮވިވަޑައިގެންފައިވާ އިބްރާޙިމް ވަހީދު އަދި ޗެއަޕަރސަންގެ ނައިބު (މާލީ) ގެ މަގާމަށް ހޮވިވަޑައިގެންފައިވާ، ކުރީގައިވެސް އެމަގާމުގައި ހުންނެވި އަޙްމަދު އަބްދުﷲ ގެ ދައުރު ފެށޭނެ ކަމުގައި ދެންނެވީމެވެ.

ވޭތުވެ ދިޔަ 5 އަހަރުގެ މުއްދަތުގައި، ޗެއަރޕަރސަންގެ ނައިބު (އިދާރީ) ގެ މަގާމުގައި ހުންނަވައިގެން މިޕާޓީ އަށް ކޮށްދެއްވާފައިވާ އިޚްލާސްތެރި ޙިދުމަތާއި، މަސައްކަތްތަކަށްޓަކައި ޢަލީ ނިޔާޒް އަށް އެންމެ ފުންމިނުން ޝުކުރު ދަންނަވަމެވެ. ޚާއްޞަ ގޮތެއްގައި ޕާޓީގެ މެންބަރޝިޕް އާއި ކެންޕޭންތަކުގެ ކާމިޔާބީ، މިފުރުޞަތުގައި ފާހަގަ ކުރަމެވެ. އަދި މުސްތަޤްބަލުގައިވެސް އަލީ ނިޔާޒްގެ ފަރާތްޕުޅުން މިޕާޓީ އަށް ގިނަގުނަ މަންފާތަކެއް ލިބޭނޭކަން ޔަޤީން ކޮށް ކަށަވަރު ކުރަމެވެ.

އަދި ހަމަމިއާއިއެކު، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ މުއްދަތަށް ހޮވިވަޑައިގެންފައިވާ އިބްރާޙިމް ވަޙީދާއި، އަޙްމަދު އަބްދުﷲ ގެ ފަރާތްޕުޅުން މިހާރުވެސް ލިބެމުންދާ ޙިދުމަތް ފާހަގަކޮށް، މިޕާޓީ އަށް އިތުރު ކުރިއެރުން ލިބޭނޭކަން ޔަޤީންކޮށް، މިދެބޭފުޅޫންނަށް އުފަލާއިއެކު މަރުޙަބާ ދަންނަވަމެވެ.