އިއުލާން: MDP/2022/032 ވަޒީފާގެ ފުރުޞަތު

މިޕާޓީގެ ސެކްރެޓޭރިއެޓަށް ތިރީގައި މިދަންނަވާ މަގާމަށް މީހަކު ބޭނުންވެއްޖެއެވެ.

މެމްބަރޝިޕް އޮފިސަރ
ބޭނުންވާ އަދަދު: 1

ފެންވަރު ނުވަތަ ޝަރުތު: ކޮމްޕިއުޓަރ ބޭސިކް ނޮލެޖް (ވާރޑް/ އެކްސެލް) ހުރުމާއިއެކު އޯލެވެލް ހަދާފައިވާ ގިނަވަގުތު މަސައްކަތުގައި އުޅެވޭ މިޕާޓީގެ މެމްބަރެއް ކަމުގައި ވުން

ކުރަންޖެހޭ މަސައްކަތް: ޕާޓީގެ ސެކްރެޓޭރިއެޓާއި، މެމްބަރޝިޕާއި ކެމްޕޭން ކޮމެޓީން ކަނޑައަޅާ އުސޫތަކާއި އެއްގޮތަށް ޕާޓީގެ މެމްބަރުންގެ ފޯމްތައް އެންޓްރީކޮށް، މެމްބަރޝިޕްގެ ކަންކަމުގައި އެހީތެރިވުން
• ޑޭޓާ އެޅުން
• މެމްބަރޝިޕް ފޯމުތައް ޞައްޙަކުރުމުގެ މަސައްކަތް ކުރުން
• ގޮފިތަކާއި ފޯމުތަކުގެ ދަފްތަރުގެ މަސައްކަތް

މުސާރަ: ދެފަރާތް އެއްބަސްވާ އަގެއް

މިމަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ޝަރުތުފުރިހަމަވާ ފަރާތްތަކުން 13 ޖޫން 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 ނިޔަލަށް، އެމްޑީޕީ ސެކްރެޓޭރިއެޓަށް ސިޓީއާއި ވަނަވަރު އީމެއިލް ކުރެއްވުން (secretariat@mdp.org.mv) ނުވަތަ ހާޑްކޮޕީ ހުށަހެޅުއްވުން އެދެމެވެ.