އިއުލާން: MDP/2021/30 ވޯޓުލުމަށް އިތުރުގަޑި ހަމަޖެއްސުން

މި ޕާޓީގެ ދާއިރާތަކުގެ އިންތިޚާބު 2021 ގެ ވޯޓުލުން، މިއަދު، 25 ސެޕްޓެމްބަރ 2021 ވީ ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ހިނގަމުންދާއިރު، ދިމާވި އެކިއެކި ސަބަބާ ހުރެ، ވޯޓު ނެގުން، ހެނދުނު 9.30 ގެ ފަހުން ފެށުނު ތަންތަނުގެ ވޯޓު ލުން ނިމޭނީ އަންނަނިވި ގަޑިތަކުގައެވެ.

ހެނދުނު 09:30 އާއި 11:00 އާ ދެމެދު ވޯޓުލުން ފެށުނު ތަންތަން ނިމޭ ގަޑި 18.00

ހެނދުނު 11:00 އާއި 13:00 އާ ދެމެދު ވޯޓުލުން ފެށުނު ތަންތަން ނިމޭ ގަޑި 19.00

މެންދުރު 13:00 ގެ ފަހުން ވޯޓުލުން ފެށުނު ތަންތަން ނިމޭ ގަޑި 20.00