އިއުލާނު: MDP/2021/0021 ދާއިރާތަކުގެ އިންތިޚާބު 2021 ގައި ވޯޓުލާ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރުން

ދާއިރާތަކުގެ އިންތިޚާބު 2021 ގައި ވޯޓުލެވޭ އެމް.ޑީ.ޕީ މެންބަރުންގެ ދާއިމީ ލިސްޓު އާންމުކޮށް އިއުލާން ކުރީމެވެ. ދާއިމީ ލިސްޓުގައި ނަން ހިމެނިފައި ނުވާ އެއްވެސް ފަރާތަކަށް ވޯޓު ނުލެވޭނެއެވެ. ތިރީގައި މިވާ ލިންކުން ލިސްޓު ފެނިވަޑައިގަންނަވާނެއެވެ.

ލިސްޓް ޑައުންލޯޑް ކުރެއްވުމަށް މިލިންކަށް ފިތާލައްވާ

މެމްބަރެއްތޯ ޗެކް ކުރެއްވުމަށް މިލިންކަށް ފިތާލައްވާ

މެމްބަރެއްތޯ ޗެކް ކުރެއްވުމަށް އެސްއެމްއެސް ކުރައްވާނީ MDP(space)IDnumber ޖެއްސެވުމަށްފަހު 637 އަށް

މިލިސްޓަށް ޝަކުވާ ހުށަހެޅުއްވުމަށް މިއަދު، 11 ސެޕްޓެމްބަރ 2021، ހޮނިހިރު ދުވަހުން ފެށިގެން 13 ސެޕްޓެމްބަރ 2021، ހޯމަ ދުވަހުގެ މެންދަމު 12.00 އާއި ހަމައަށް ފުރުޞަތު ހުޅުވާލައިފީމެވެ. މިލިސްޓަކީ 25 އޭޕްރިލް 2021 ގައި މިޕާޓީގެ ނަންބަރު: MDP/2021/004 އިއުލާނުން ޝަކުވާ ހުށަހެޅުއްވުމަށް ހުޅުވާލެވި، 28 އޭޕްރިލް 2021 ގައި މިޕާޓީގެ ނަންބަރު: MDP/2021/006 އިއުލާނުން ޝަކުވާ ހުށަހެޅުއްވުމަށް ވަގުތު އިތުރުކޮށް ދެވުނު ފުރުޞަތުގައި ޝަކުވާ ހުށަހެޅުއްވި ބޭފުޅުންގެ ޝަކުވާތައް ބަލާ، ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްފަހު އާންމު ކުރެވޭ ދާއިމީ ލިސްޓެވެ. މިލިސްޓަށް އައު ޝަކުވާ އެއް ހުށަހެޅުއްވުމަށް ފުރުޞަތު ނެތްވާހަކަ ވެސް ދެންނެވީމެވެ.

ލިސްޓަށް ޝަކުވާ ހުށަހެޅުއްވުމަށްޓަކައި ތިރީގައި މިވާ ލިންކު މެދުވެރި ކުރައްވާ ޝަކުވާ ހުށަހެޅުއްވުމަށް ދަންނަނަވެމެވެ. ޝަކުވާ ހުށަހަޅުއްވާއިރު، ކުރިން ޝަކުވާ ހުށަހަޅުއްވަން ބޭނުން ކުރެއްވި އައި.ޑީ ކާޑު ނަންބަރު ބޭނުންކުރައްވައިގެން މިފަހަރުވެސް ޝަކުވާ ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި އެހެން ގޮތްގޮތުން (އީމެއިލް މެދުވެރި ކުރައްވާ) ފޮނުއްވާ ޝަކުވާ ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ޝަކުވާ ހުށަހަޅާ ފޯމުގެ ލިންކް