އިއުލާން: MDP/2021/0019 ވޯޓުފޮށި ބަލަހައްޓާ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ކުރިމަތިލުން (މަންދޫބުން ފިޔަވައި)

25 ސެޕްޓެމްބަރ 2021 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމް.ޑީ.ޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ޕާޓީގެ ފަރާތުން ވޯޓުފޮށި ބަލަހައްޓާ އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރުމަށް އެދި ހުށަހެޅުމަށް ޢާންމުކޮށް ހުޅުވާލަމެވެ.

ޝަރުތު:
1. އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓެއް ކަމުގައި ނުވުން
2. އިންތިޚާބުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިންގައި އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ކުރާ ފަރާތަކަށް ނުވުން
3. އެހެން ޕާޓީއެއްގެ މެމްބަރަކަށް ނުވުން

ޒިންމާތައް
(1) އެ އަވަށެއްގައި ނުވަތަ ރަށެއްގައި ނުވަތަ އެ އަތޮޅެއްގައި ނުވަތަ އެ ސިޓީއެއްގައި އެމް.ޑީ.ޕީ އިން ކަނޑައަޅާ ގޮތެއްގެ މަތިން މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރުން؛
(2) އެމް.ޑީ.ޕީ އިން، އެ ފަރާތްތަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާކޮށް ނިމުމުން، އެމް.ޑީ.ޕީ އިން ދޭ ފޯމެޓަކާ އެއްގޮތަށް އެ މަސައްކަތާބެހޭ ރިޕޯޓެއް، އިންތިޚާބު ނިމޭތާ ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ފޮނުވުން؛

އިތުރު މަޢުލޫމާތު
• ވޯޓް ފޮށިތަކަށް އޮފިޝަލުން ކަނޑައެޅޭއިރު އެބޭފުޅަކު ހުންނެވި ރަށް ނޫން އެހެން ރަށަކަށް (ވޯޓު ފޮށީގެ އިސްފަރާތުގެ ހައިސިއްޔަތުން) ދަތުރު ކުރައްވަން ޖެހިވަޑައިގަތުން އެކަށީގެންވެއެވެ. މި ގޮތަށް ކުރާ ދަތުރުގެ އެންމެހައި ޚަރަދަކާއި އިންތިޒާމެއް ޕާޓީ ސެކްރެޓޭރިއެޓުން ހަމަޖައްސާނެއެވެ.
• ތިރީގައި މިވާ ލިންކުގަވާ ފޯމާއެކު އޮފިޝަލަކަށް ވުމަށް އެދި ހުށަހަޅާ ފަރާތުގެ އައި.ޑީ.ކާޑުގެ (ދެފުށުގެ ސާފު ކޮޕީ) ކޮޕީއެއް، މި ފޯމުގައި އެކަމަށް ކަނޑައެޅިފައިވާ ބައިގައި އަޕްލޯޑްކޮށް ހުށަހަޅަން ވާނެއެވެ.

ވޯޓުފޮށި ބަލަހައްޓާ އޮފިޝަލުން ފުރާ ފޯމް