އިއުލާން: MDP/2021/0011 ދާއިރާތަކުގެ އިންތިޚާބު 2021 ފަސްކުރުން

29 މެއި 2021 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިޕާޓީގެ ދާއިރާތަކުގެ އިންތިޚާބު އެތާރީޚުގައި ނުބާއްވައި ފަސްކުރުމަށް ވަނީ ނިންމާފައި ކަމުގައި ދަންނަވަމެވެ.
މިނިންމުން ނިންމާފައިވަނީ، މި ޕާޓީގެ ރައީސް، ރައީސް މުޙަންމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއްދީ، އެމަނިކުފާނުގެ ޙާލުކޮޅު ސީރިއަސްވެ، އެމަނިކުފާނަށް ފަރުވާދެމުން ގެންދާ މިވަގުތުގައި މިޕާޓީގެ ދާއިރާތަކުގެ އިންތިޚާބު ބޭއްވުމުގެ މަސައްކަތައިގެން ކުރިއަށް ގޮސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚު (29 މެއި 2021) ގައި އެ އިންތިޚާބު ބޭއްވުމަކީ ރަނގަޅު ކަމެއް ކަމުގައި ނުފެންނާތީ އެވެ.
ދާއިރާތަކުގެ އިންތިޚާބު ބާއްވާނެ ތާރީޚެއް ކުރިއަށް އޮތް 10 (ދިހައެއް) ދުވަހުގެ ތެރޭގައި ކަނޑައެޅުމަށްފަހު އިޢުލާނު ކުރާނެ ވާހަކަ ދެންނެވީމެވެ. އިންތިޚާބު ފަސްކޮށްފައިވީ ނަމަވެސް، އިންތިޚާބާ ގުޅޭގޮތުން ޕާޓީން މިވުގަތަށް ކު ރަންޖެހޭ އިދާރީ މަސައްކަތް ކުރަމުން ގެންދާނެ ކަމުގައިވެސް ދެންނެވީމެވެ.