އިއުލާން: MDP/2021/0010 ދާއިރާތަކުގެ އިންތިޚާބު 2021 ގެ އެކިއެކި މަޤާމު ތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ އިޤްރާރު ހުށަހެޅުމުގެ ފަހު ފުރުޞަތު

ދާއިރާތަކުގެ އިންތިހާބު 2021 ގައި ދާއިރާތަކުގެ އެކި މަގާމްތަކަށް ވާދަކުރައްވާ ކެންޑިޑޭޓުން ހުށަހަޅުއްވަން ޖެހޭ އިޤްރާރަކީ، ކެންޑިޑޭޓުން ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމުގެ މުހިއްމު ބައެއްކަމަށް ވީހިނދު، މިއިޤްރާރު ވަނީ އިސްލާހުކޮށް، ގެނެވުނު މުހިއްމު ބަދަލުތަކާއިއެކު، 05 މެއި 2021 ގައި މިޕާޓީގެ ނަންބަރު: MDP/2021/008 އިއުލާނުން އާންމުކުރެވި، 08 މެއި 2021 (ހޮނިހިރު ދުވަސް) އާއި ހަމައަށް އިޤްރާރު އޮންލައިންކޮށް ހުށަހެޅުއްވުމަށް އެންގިފައެވެ.

މިއަދާއި ހަމައަށްވެސް ބައެއް ފަރާތްތަކުން ރަނގަޅު އިޤްރާރު ހުށަހަޅުއްވާފައި ނުވާތީ 12 މެއި 2021 ވާ ބުދަދުވަހުގެ މެންދުރު 12.00 ގެ ނިޔަލަށް އިޤްރާރު މިއިއުލާނުގައި މިވާ އޮންލައިން ފޯމް މެދުވެރިކުރައްވާ ހުށަހެއްޅުއްވުމަށް ދެންނެވީމެވެ. އަދި މިމުއްދަތުގެ ތެރޭގައި ހުށަނާޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަން ފުރިހަމަ ނުވާކަމަށް ބަލައި، އެފަރާތްތަކުގެ އެޕްލިކޭޝަން ބާތިލް ކަމުގައި ބެލެވޭނެ ކަމަށް އަންގާ އިއުލާނު ކުރީމެވެ.

އެމް.ޑީ.ޕީގެ ދާއިރާ އިންތިހާބު 2021 – ކެޑިޑޭޓު އިޤްރާރު ހުށައަޅާ ފޯމް

ދާއިރާތަކުގެ އިންތިޚާބު 2021 ގެ އެކިއެކި މަޤާމު ތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ އިޤުރާރު