އެމްޑީޕީ ހެންވޭރު ދެކުނު ދާއިރާއިން ނެރޭ ނޫސް ބަޔާން

ރައްޔިތުންގެ މަޖިލިސް ގެ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ޓެރަރިޒަމްގެ ހަމަލާ ކުއްވެރިކޮށް ހެންވޭރު ދެކުނު ދާއިރާގެ ރައީސް ހުސެން ޝަހީމްގެ ފަރާތުން ނެރޭ ނޫސްބަޔާން.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަދި ރައްޔިތުންމަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް 6 މެއި 2021 ދުވަހުގެރޭގެ ވަގުތެއްގައި، ދީފައިވާ ޓެރަރިޒަމްގެ ހަމަލާ އެމް. ޑީ. ޕީ ހެންވޭރު ދެކުނު ދާއިރާގެ ރައީސް، ހުސެން ޝަހީމް އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ. އަދި މިހަމަލާއަކީ ދިވެހި ދައުލަތަށާއި ހުރިހާ ދިވެހިންނަށް ދެވުނު ޙަމަލާއެއް ކަމުގައި ދެކެމެވެ. އަދި ހަމަ އެހެންމެ
ދިވެހިރާއްޖޭގެ އިޤްތިޞާދް އެތައް ގުނައަކަށް ފަހަތަށް ޖައްސާލުމަށް ދިން ހަމަލާ އެއް ކަމަށް ބެލެއެވެ.
މި ޓެރަރިޒަމްގެ އަމަލު ހިންގި ފަރާތްތަށް ހޯދާ ހައްގު އަދަބު ދިނުމަށް އަދި ރައީސް ނަޝީދު އަށް އިންސާފު ހޯއްދަވާ ދެއްވުމަށް އެދި ގޮވާލަމެވެ.

ދާއިރާ ރައްޔިތުންގެ ދުވާއަކީ , ރައީސް މުހައްމަދު ނަޝީދަށާ މި ހަމަލާގައި އަނިޔާވި އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއެއް الله ސ.ވ މިންވަރު ކުރެއްވުމެވެ.

ހެންވޭރު ދެކުނު ދާއިރާގެ ރައީސް
ހުސެން ޝަހީމް.