ސަރުކާރުގެ އެހެން ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން ޖާގަ ހޯދުމަށް ހިޔާ މަޝްރޫޢުގެ ފަންނީ ކެޓަގަރީއިން ފްލެޓު ލިބުނު ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

ހިޔާ މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން ހިޔާ މަޝްރޫޢުގެ ފަންނީ ކެޓަގަރީގައި ހިމެނޭ (H4 ޑޮކްޓަރުންނާއި ނަރުހުން، H5 ޓީޗަރުންނަށް ޚާއްޞަ، އަދި ސިވިލް ސަރވިސް ފްލެޓުގެ ފަންނީ ކެޓަގަރީ) ފްލެޓް ލިބޭ ފަރާތްތަކަށް، ހިޔާ މަޝްރޫޢުން ލިބޭ ފްލެޓުގެ ބަދަލުގައި، ސަރުކާރުގެ ކުރިއަށްހުރި ހައުސިންގ މަޝްރޫޢުތަކުގެ ތެރެއިން އެހެން މަޝްރޫޢަކުން ފްލެޓް ހޯދުމުގެ ފުރުސަތު މިހާރު އެވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއިން ހުޅުވައިލާފައެވެ.
ފަންނީ ފަރާތްތަކަށް ލިބޭ އާމްދަނީއާއި އެއްހަމަ އަގެއްގައި ތަނުގެ ފެންވަރާއި އެއްވަރަށް ހިފެހެއްޓިފައިވާ، އަދި ޖާގައިގެ ގޮތުން ތަނަވަސް 03 ކޮޓަރީގެ ފްލެޓް ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ މިފުރުސަތުގެ ބޭނުން ހިއްޕެވުމީ ދުރު ރާސްތާއަށް އެންމެ ރަނގަޅުގޮތްކަމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ދެކޭ ހިނދު، އެ ފުރުސަތުގެ ބޭނުން ހިޔާ މަޝްެރޫޢުގެ ފަންނީ ކެޓަގަރީއިން ފްލެޓު ލިބިވަޑައިގަތް ފަރާތްތަކުން ހިއްޕެވުމަށް މި ޕާޓީއިން ގޮވާލަމެވެ.
އެކަމަށް އެދި ހުށަހެޅުއްވުމުގެ ފުރުސަތުވަނީ 6 އޭޕްރީލް 2021 އިން ފެށިގެން 19 އޭޕްރީލް 2021 ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ. އެގޮތުން ހައުސިންގް މިނިސްޓްރީގެ އިޢުލާން ނަންބަރު ވަޓްސްއެޕް އަދި އެސް.އެމް.އެސް މެދުވެރިކޮށް 7444971 އިން، ފޯން މެދުވެރިކޮށް 4004959، 4004955، 4004954 އަދި 4004951 އެދިވަޑައިގެންނެވޭނެއެވެ. އަދި secretariat@planning.gov.mv, benificiary@planning.gov.mv އަދި urban@planning.gov.mv އިންވެސް އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވޭނެ މެއެވެ.